މީގެ ކުރިން އަނިލް ކަޕޫރާއި ޖެކީ ޝްރޮފް އެކީގަ ދިހަވަރަކަށް ފިލްމު ކުޅެފަވާއިރު، އެ ފިލްމުތައް ބެލުންތެރިންގެ މެދުގައި ވަނީ އިންތިހާއަށް މަގުބޫލުވެފަ އެވެ. ބެލުންތެރިން ގިނަ ފަހަރަށް މި ދެމީހުންނަށް މުޚާތަބްކުރަނީ އެމީހުންގެ އޮން ސްކްރީން ނަމެއް ކަމަށްވާ 'ރާމް ލަކަން' ގެ ނަމުންނެވެ.
ފަހުގެ ރިޕޯޓްތައް ބުނާގޮތުންނަމަ ފުލް ލެންތް ފީޗާ ފިލްމަކަށް މި ދެމީހުން ވަނީ ތައްޔާރުވެފައެވެ. އަނިލް ކަޕޫރާއި ޖެކީ ޝްރޮފް ދަނީ ސުބާޝް ގާއިއާ އެކު ޗޯރް ޕޮލިސްގެ ނަމުގައި އައުޓް އެންޑް އައުޓް ކޮމެޑީއެއް އުފެއްދުމަށް މަޝްވަރާ ކުރަމުންކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.
"މިއީ ޓިޕިކަލް އަނީސް ބަޒްމީ ފިލްމެއް. ފުލުހުންނާއި ވަގުންނާއި އާއިލާތަކާއި ލޯބީގެ ވާހަކައެއް އެކުލެވިގެންވާ ފިލްމެއް. ކާސްޓުގެ އެހެން އެކްޓަރުން ވެސް ވަރަށް އަވަހަށް ލޮކް ކުރާނެ" ފިލްމާ ގުޅިގެން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ސުބާޝް ގާއީ އާއި އަނީސް ބަޒްމީ އެވެ.
