ބިއުޓީރިއަމްގެ ފަރާތުން ކައިލާންއިން ރާއްޖޭގައި މާކެޓުކޮށް ވިއްކަމުން އަންނަ މޭކަޕްގެ ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑް ކަމުގައިވާ އިޒަބެލް ޑުޕޮންޓް އަދި އެލިކްސް އެވިއަން މާފުށިގެ ރައްޔިތުންނާ ހަމައަށް ގެނެސްދީފިއެވެ. 
މާފުށިގެ ރައްޔިތުންނާ ގާތަށް ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑްތައް ގެނެސްދިނުމުގެ ގޮތުން ކައިލާންއާގުޅިގެން ބިއުޓީރިއަމް ފިހާރައިން މި ދެ ބްރޭންޑް މާފުއްޓަށް ތައާރަފް ކުރީ ރޭ މާފުށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓްގައެވެ.
މާފުށިގެ ރައްޔިތުންނާއި މީސްމީޑިއާ އިންފްލުއެންޒާސް އާއެކު ރޭ މާފުށްޓަށް އަލަށް ތައާރަފްކުރި މި ދެ ބްރޭންޑަކީ ކައިލާންގެ ފަރާތުން ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ ދިވެހިންގް އިތުބާރާއި ހިތްހަމަޖެހުން ހޯދައިފަވާ ދެ ބްރޭންޑެވެ.

އިޒަބެލް ޑުޕޮންޓަކީ ދުނިޔޭގެ ކޮސްމެޓިކްސް އިންޑަސްޓްރީގައި ކާމިޔާބީ ހޯދައިފައިވާ މޭކަޕްގެ އެކި އުފެއްދުންތައް 70 އަށް ވުރެ ގިނަ ގައުމުގެ މާކެޓަށް ނެރެމުން އަންނަ ތުރުކީގެ ބްރޭންޑެކެވެ.

އަދި އިޒަބެލް ޑޫޕޮންޓަކީ ރަލާއި ޖަނަވާރުގެ އެއްވެސް މާއްދާއެއްގެ އިތުރުން ހަންގަޑަށް ގެއްލުންދޭ އެއްވެސް ކެމިކަލްއެއް އެ އުފެއްދުމުގައި ބޭނުންކޮށްފައި ނުވާ ހަލާލް އުފެއްދުމެކެވެ. 

އަދި މީގެ އިތުރުން، ކައިލާންގެ ފަރާތުންވަނީ ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު މި ބްރޭންޑް އުފައްދާ ތުރުކީގެ ކުންފުންޏާ މަޝްވަރާ ކުރެވި ދިވެހިންގެ ގައިގެ ހަމާއި އަދި ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ އެކަށީގެންވާ ބަދަލުތައް އެ ޕްރޮޑަކްޓްތަކަށް ގެނެސްފައެވެ.

އިޒަބެލް ޑުޕޮންޓްގެ އިތުރުން ރޭ މާފުށިގެ މާކެޓަށް ތައާރަފްކުރި އެލިކްސް އެވިއަން އަކީ، މިވަގުތު ތުރުކީ، މެދުއިރުމަތި، ޔޫރަޕް، އަދި ދެކުނު އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 30 ގައުމެއްގެ ލީޑިންގ ކޮސްމެޓިކްސް ބްރޭންޑެވެ.

އެލިކްސް އެވިއަން އަކީ އޭގެ ކޮންމެ ކޮސްމެޓިކެއް ވެސް ހަންގަނޑަށް ދެވޭނެ ފަރުވާއެއްގެ ގޮތުގައި އުފައްދާފައިވާ ބްރޭންޑެކެވެ. 

އަދި އެ ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ހަންގަނޑު ސާފުކޮށްދޭ ހަންގަނޑަށް ކާނާ އާއި ހައިޑްރޭޓް ކަމުގެ އިހުސާސް ކުރެވޭނެ މާއްދާތަކާއެކު އުފައްދާފައިވާ ޕްރޮޑަކްޓްތަކެކެވެ. 
ކައިލާންގެ ފަރާތުން ރާއްޖޭގައި މާކެޓްކޮށް ވިއްކަމުން އަންނަ ބްރޭންޑްތައް މިހާރު މާފުށީގެ އިތުރުން ޅ. ނައިފަރު، ފުވައްމުލަށް، ހުޅުމާލެ، ކުޅުދުއްފުށި، ސ. ހުޅުމީދޫގެ އިތުރުން ލ. ގަމުންވެސް ގަންނަން ލިބިވަޑައިގަންނަވާނެއެވެ.