ފުވައްމުލައް ސިޓީގައި ހުންނަ އެސްޓީއޯގެ ވެއަރ ހައުސްގައި ސޭލް އަޅުވައިފި އެވެ.
އިއްޔެއާއި މިއަދު ކުރިއަށް ދާ މި ސޭލްގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ އެވެ.
އެސްޓީއޯ އިން ބުނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ސޭލް އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ.
މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތަކާއެކު މި ސޭލްގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެއެވެ. އަދި ސޭލް އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ވިހި ފަރާތަކަށް އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އެސްޓިއޯ އިން ވިއްކާ އެއްޗެހީގެ ރަހަ ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
