މި ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ބުނީ އެ ދުވަހު އެ ބޭންކާއި އިސްލާމިކް ބޭންކު ވެސް ބަންދުވާނެ ކަމަށެވެ.
ބޭންކު ބަންދުކުރިނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަދި ބޭންކުތައް ބަންދުކުރާ މުއްދަތުގައި ބީއެމްއެލް އަދި އެމްއައިބީގެ މޯބައިލް އެޕް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
29 ވާ ބުރާސްފަތިދުވަހު ބަންދުކުރާއިރު، ހަފްތާ ބަންދަށް ފަހު އަދި އާއަހަރުގެ ފުރަތަމަ ދުވަހުގެ ބަންދަށްފަހު ދެން ބެންކުގެ ބްރާންޗްތައް ހުޅުވާނީ ޖެނުއަރީ 2 ވަނަ ދުވަހުއެވެ،
ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހު ފަހުކޮޅު ބޭންކުތައް ބަންދުކުރެ އެވެ.
