ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫގެ ދަށުން ސިވިލް މަަސައްކަތާއި، އެއަރ ކޮންޑިޝަން ހަރުކުރުން ވެސް ނިމިފައިވާ ކަމަށެވެ. އަދި ފިނިޝިންގ މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫޢުގެ ދަށުން، ބަލިމީހުން ބަލާ 23 ކޮޓަރި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 މި މަޝްރޫޢަކީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.