ދިވެހި މަޝްހޫރު ކޮމޭޑިއަން އަބްދުﷲ އަލީ ނުވަތަ އިބްރާހިމްބެ ނިޔާވެއްޖެ އެވެ،
އޭނާ ނިޔާވެފައިވަނީ ރޭ ގެ ވަގުތެއްގަ އެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމެޑީ ސީރީޒް 'ދިރިއުޅުމަކީ މިއީބާ" ގައި އިސް ރޯލުތަކެއް އަދާކޮށްފައިވާ އިބްރާހިމްބެ އަކީ ހުނަރުން ފުރިގެންވާ ފަންނާނެކެވެ.
އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އުމުރުން 57 އަހަރުގަ އެވެ. ނިޔާވިއިރު، އަންބަކާއި ދަރިން ތިއްބެވެ.
ދިރިއުޅުމަކީ މިއީބާ ބެލުންތެރިއްނާ ހަމަޔަށް އައީސުރެއް ފެންނަމުންދާ އިބްރާހިމްބެ ގިނަބަޔަކަށް ކަމުގޮސްފައިވަނީ ދިރިއުޅުމަކީ މިއީބާގެ އިބްރާހިމްބެގެ ރުޅިގަދަ ކެރެކްޓަރގެ ސަބަބުން ނެވެ.
އިބްރާހިމްބެ ވަނީ ބައއް އިްޝްތިހާރުތަކުން ވެސް ފެނިފަ އެވެ.
އިބްރާހިމްބެގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރުނަމާދަށް ފަހު އާސަހާރާ މިސްކިތުގަ އެވެ.
