އުރީދޫ ފަން ރަންގެ ފޮޓޯއެއް ހިއްސާކޮށްގެން ރިސޯޓު ދަތުރެއް ލިބުމުގެ ފުރުސަތު، އުރީދޫ އިން ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަނާއި ގުޅިގެން އެ ކުންފުނިން ބުނީ މި މަހުގެ 23 ވީ ހުކުރު ދުވަހު ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ދުވުމުގެ ފޮޓޯއެއް ހިއްސާކޮށްގެން ރިސޯޓު ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފޮޓޯ ހިއްސާކުރަންވާނީ "ފަން ރަން މޫވްމެންޓް" ހޭޝްޓަގާއެކުގައި ކަމަށާއި އުރީދޫ މޯލްޑިވްސް ޓެގް ކުރަންވާނެ ކަމަށް ވެސް ބުންޏެވެ.

އޯގާ ރިސޯޓުގައި ދެ ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ މި ޑިސެމްބަރު މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

މިއަހަރުގެ އުރީދޫ ފަން ރަން ގައި 5،000 އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.

މިއީ އާއިލާއާއި ރައްޓެެހިން އަދި ރަހްމަްތެރިންނާއެކު އެކުވެރި، މަޖާ މާހައުލެއްގައި އުފާވެރިކަން އިހްސާސްކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. ފަސް ކިލޯ މީޓަރުގެ މި ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމޭ އިރު، ކުލަ ޖެހުމާއި ފެން ޖެހުމާއި އަދި މީގެ އިތުރުން ދުވުމުގެ ތެރެއިން "އިންފްލޭޓަބްލް އޮބްސްޓެކަލް" ހަރަކާތްތައް ވަނީ ހިމަނާފަ އެވެ.