އިންސްޓޭންޓް ނޫޑްލްސް އަކީ ނުރައްކަލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު އަޑުތައް އަބަދުވެސް ދައުރުވެއެވެ.
އިންސްޓޭންޓް ނޫޑްލްސްގައި ވެކްސް ކޯޓިން ހިމެނޭކަމަށާއި، މިއީ ސްޓައިރޯފޯމް ކޮންޓެއިނަރުގައި ވެސް ބޭނުންކުރާ ކޯޓިންގް ކަމަށް އަދި ކައްކާއިރު އިންސްޓޭންޓް ނޫޑްލްސް ތަތްނުލަވަނީ އޭގެ ސަބަބުބް ކަމަށް ބުނެ 2016 ވަނަ އަހަރުން ފެށިގެން ފޭސްބުކްގައި ހަބަރު ތަކެއް ދައުރުވެއެވެ.
އަހަރެމެންގެ ހަށިގަނޑުން އެ ވެކްސް ސާފުކުރުމަށް 2 ދުވަސް ބޭނުންވާކަމަށާއި ނޫޑްލްސް ތައްޓެއް ކެއުމަށްފަހު ފަހު މަދުވެގެން 3 ދުވަސް ވަންދެން ނޫޑްލްސް ބޭނުން ނުކުރުމަށްވެސް ދައުރުވީ ޕޯސްޓްތަކުގައި ލިޔެފައިވެއެވެ. އަދި މި ވެކްސް އިން ކެންސަރު ޖެހިދާނެ ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
ޔޫއެސް އޭ ޓުޑޭއިން މިޕޯސްޓްޕޯސްޓް ދިރާސާކުރިއިރުގައި މިޕޯސްޓް އަކީ އެތައްހާސް ބަޔަކު ޝެއަރ ކޮށްފައިވާ މީމްއެކެވެ. މިއީ ނޫޑްލްސްގެ މިބާވަތުގެ ވާހަކައިގެ ވަރޝަނެއް އޮންލައިންކޮށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި ދިހަ އަހަރު ތެރޭގައި އެކިފަހަރު އެކި ގޮތަށް ނޫޑްލްސް ގެމިވާހަކަ އިންޓަނެޓްގައި ދައުރުވެފައިވެ އެވެ.
މި ދައުވާގެ އެންމެ ކުރީގެ ވަރޝަން ފެށެނީ 2000 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޓަނެޓްގައި އިންސްޓޭންޓް ނޫޑްލްސް އާއި ދެކޮޅަށް އިންޒާރުދޭ މަޝްހޫރު އީމެއިލްއެއް ދައުރުވުމުންނެވެ. 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އީމެއިލްއެއްގައި ވެކްސް ލައިން ޖަހާފައިވާ ކަރުދާސް ތަށިތައް ބޭނުން ކުރާއިރު ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. މި ދެ ދައުވާ ވެސް ސްނޯޕްސް އިން ވަނީ ދޮގުކޮށްފަ އެވެ.
މި ދައުވާ އަނެއްކާވެސް ވައިރަލްވީ ހެލްތު އެންޑް ވެލްނެސް ވެބްސައިޓެއް ކަމަށްވާ ހެލްތު ޑައިޖެސްޓް އިން 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ފޭސްބުކްގައި ނޫޑުލްސްއާއި ގުޅޭ ޕޯސްޓްއާންމު ކުރުމުން ކަމަށާއި ފަހުން ޓްރޫތް އޮރ ފިކްޝަން އިން ވަނީ އެޕޯސްޓް ތަކުގައި ވަނީ ދޮގުކަމަށް ބުނެފައެވެ.
ވައިސް އާއި ހޯކްސް-ސްލޭޔަރ ވެސް ވަނީ 2017 ވަނަ އަހަރު އއީެ އަސާސެއް ނެތް ދައުވާތަކެއް ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.
ސްޓައިރޯފޯމް ކޮންޓެއިނަރުގައި ވެކްސް ބޭނުންކުރާ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ރިޕޯޓެއް ނުވަތަ މީގެ އެއްވެސް މާއްދާއެއް އިންސްޓޭންޓް ނޫޑްލްސްގެ ގައި އެކުލެވޭ ކަމުގެ ހެއްކެއް ނެތްކުގަ ރިޕޯޓްތައް ބުނެ އެވެ.އަދި އެ ވާހަކަތައް ދޮގު ކުރުމަށް ގިނަ ނޫޑްލް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ ވެބްސައިޓްތަކުގައި އެކަމަށް ރައްދުދީފައެވެ.
މަރޫޗަން ރަމެން ނޫޑްލްސްގެ ވެބްސައިޓުގައި ލިޔެފައި ވަނީ އިންސްޓޭންޓް ނޫޑްލްސްގައި ޕްލާސްޓިކް ނުވަތަ ވެކްސް ކޯޓިން ހިމެނޭ ކަމަށް ބުނުމަކީ އިންޓަނެޓްގައި ގިނަ ދުވަސްތަކެއް ވަންދެން އަޑު ފެތުރިފައިވާ އާންމު ގޯސް ވިސްނުމެއް ކަމަށެވެ.
އަޅުގަނޑުމެންގެ އިންސްޓޭންޓް ނޫޑްލް ޕްރޮޑަކްޓްތައް އުފެއްދުމުގައި ބޭނުންކުރާ ޕްލާސްޓިކް ނުވަތަ ވެކްސްއެއް ނެތްކަން ޔަގީން ކުރައްވާށެވެ. އަދި ޕެކޭޖިންގައި ނުވަތަ ކޮންޓެއިނަރުތަކުގައި ވެސް ހާއްސަ ކޯޓިންއެއް ނެތް، އަދި ނޫޑްލްސް ވެސް ދިގު މުއްދަތަކަށް ރައްކާތެރި ކުރުމަށް ނުވަތަ އެހެން ސަބަބަކާ ހުރެ ކޯޓިން ޖަހާފައެއް ނުވާނެ،" މާރޫޗަން ލިޔެފައިވެ އެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ މަޝްހޫރު ރާމެން ނޫޑްލްސް ތައްޔާރުކޮށްފައިވަނީ މައިގަނޑު ތިން މާއްދާއެއް ކަމަށްވާ ފުށާއި ފެނާއި ލޮނު އަދި ސޯޔާ ސޯސް ފަދަ ސީޒަނިންގްސް އިން ކަމަށެވެ.
ހަމައެފަދައިން މެގީ ނޫޑްލްސް އުފައްދާ ނެސްލޭ އިން ވެސް އެ ކުންފުނީގެ ވެބްސައިޓުގައި ލިޔެފައި ވަނީ އެ ކުންފުނީގެ ނޫޑްލްސްގައި ވެކްސް ކޯޓްކޮށްފައި ނުވާ ކަމަށާއި އެއްވެސް ގޮތަކަށް ވެކްސް ނުހިމެނޭ ކަމަށެވެ.
"މިވާހަކަތައް އޮޅުވާލާ ނުބައި މައުލޫމާތުގޮތުގައި އިންޓަނެޓްގައި ދައުުރުކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ. ގިނަ ކަސްޓަމަރުންނާއި އަދި މިނިވަން މަސްދަރުތަކުން މިސުވާލުކުރަމުން އަންނާތީ އަޅުގަނޑުމެންވަނީ މިއީ ދޮގު ވާހަކައެއްކަން ކަށަވަރުކޮށްފަ،" ނެސްލޭގެ ވެބްސައިޓުގައިވެ އެވެ.
މޮންޑޭ ނިސިންގެ ވެބްސައިޓުގައި އާންމުކޮށް ދައުރުވާ ނޫޑްލްސްގެ ވާހަކަތަކާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އިންސްޓޭންޓް ނޫޑްލްސް އާއި ކަރުދާސް ތަށިތަކުގައި ވެކްސް ނުހުންނަ ކަމަށެވެ.
"ނޫޑްލްސް ފުށްގަނޑު ތައްޔަަރުކޮށް ކޮށާ، ސްޓީމްކޮށް، ދެން އާދައިގެ ތެލުގައި ތެލުލުމުގެ ނަތީޖާއެއްގެ ގޮތުގައި ނޫޑްލް ސްޓްރެންޑްތައް އެއްފަށް އަނެއްފަށައި ނުޖެހުނީ ނުވަތަ ތަތްނުލަނީ" ސައިޓުގައި ލިޔެފައިއެވެ.
އިންސްޓޭންޓް ނޫޑްލްސްގައި ވެކްސް ހުންނަ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމުގައި ވިޔަސް އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އާއި ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން ވެކްސް ވިހަވުމާ ބެހޭ ވެބްޕޭޖެއްގައި ބުނެފައި ވަނީ ވެކްސްއިން ގެއްލުން ލިބެނީ ހަމައެކަނި ގިނަ އަދަދަކަށް ވެކްސްކެއުމުންނެވެ
ހޮންކޮންގް ސަރުކާރުގެ ސެންޓަރ ފޯ ފުޑް ސޭފްޓީން 2009 ވަނަ އަހަރު ނެރުނު ރިސާޗް ރިޕޯޓެއް ކަމަށްވާ "އިންސްޓޭންޓް ކަޕް ނޫޑްލް ކޮންޓެއިނަރސްގެ ފުޑް ސޭފްޓީ" އިން ވެސް އިންސްޓޭންޓް ނޫޑްލް ކޮންޓެއިނަރުތައް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ މިންގަނޑުތަކަށް ފެތޭ ކަމަށް ބުނެފައިވެ އެވެ.
ނޫޑްލްސްއިން ކެންސަރު ނުޖެހުނުކަމުގައިވި ނަމަވެސް، ދިރާސާއަކުން ދައްކާ ގޮތުގައި އިންސްޓޭންޓް ނޫޑްލްސް ގަވާއިދުން ބޭނުންކުރުމުން "މެޓަބޮލިކް ސިންޑްރޯމް" ގެ ނަމުން މަޝްހޫރު ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ބޮޑުވެދާނެ އެވެ.
މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންނަށް ލޭމައްޗަށް ދިއުން، ލޭގައި ހަކުރު މަތިވުން، ހަކުރުބަލި ނުވަތަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ގިނަ ކަންތައްތަކެކޭ އެއްފަދައިން މެދުމިނަކީ އަބަދުވެސް ރަނގަޅު ސިއްހަތެއްގެތަޅުދަނޑިއެވެ. ދޭތެރެ ދޭތެރެއިން އިންސްޓޭންޓް ނޫޑްލްސް ކެއިކަމުގައި ވިޔަސް ކޮންމެ ދުވަހަކު ނޫޑުލްސް ބޭނުން ކުރުން އެދެވިގެންވާކަމެއް ނޫނެވެ.
