މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭސަން ކޮޕަރޭސަން (އެމްއެމްޕީއާރސީ) އިން ވަނީ ޓުއާ އޮޕެރޭޓަރެއް ކަމުގައި ވާ ވެރީޗިކް އާއި އެކު ފްރާސް ކެމްފޭނެއް ފަށާފައިއެވެ. މިކެމްޕޭން ގެ މަގުސަދަކީ ދިވެހި ރާއްޖެއަކީ މިހާރު ކޮވިޑް 19 އަށް ފަހު ދަތުރުކުރުން ރައްކާތެރި ގައުމެއް ކަމުގައި ކަނޑައެޅިފައިވާތީ ފްރާސް ގެ ދަތުރުވެރިންނަށް މިކަން އަންގައިދީ ދިވެހި ރާއްޖެއަށް އައުމަށް ހިތްވަރުދިނުމެވެ. އެގޮތުން ދިވެހިރާއްޖެ އަށް ޙާއްސަ ނިއުސް ލެޓާރއެއް ހަދަން ވަނީ ނިންމާފައިއެވެ.
މި ނިއުސް ލެޓާރގައި ދިވެހި ރާއްޖޭ ގެ ރަށްތައް ހެދިފައިވާގޮތުން ދިވެހި ރާއްޖެ އަކީ މިދުވަސްކޮޅު ދަތުރު ކުރަން ވަރަށް ރައްކާތެރި އަދި ހިތްފަސޭހަ މާހައުލެއް ކަމުގައި ލިޔެވިފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ކުރެވިދާނެ ތަފާތު ތަޖުރިބާތައް ލިޔެވިފައިވެއެވެ. މިނިއުސް ލެޓާރ 500000 އަށް ވުރެން ގިނަ ގެތަކަށް ލިބިގެންދާނެކަމަށް ވެރީޗިކް އިން ބުނެފައިވެއެވެ. ވެރީޗިކް އަކީ ފްރާސްގެ މަޝްހޫރު އީ-ޓްރެވަލް މެގަޒިންއެކެވެ. މީގެ އިތުރުން ވެރީޗިކް އަކީ ސޯޝަލް މީޑިޔާގައި ވަރަށް ނަން މަޝްހޫރު ބަޔެކެވެ. އެގޮތުން އެމީހުން ގެ ވެބް ސައިޓް އަށް މަހެއް ގެ މައްޗައް 1.5 މިލިޔަން މީހުން ވަދެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭސަން ކޮޕަރޭސަން (އެމްއެމްޕީއާރސީ) އިން ވަނީ ދުނިޔޭ ގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖެ މާރކެޓް ކޮށްފައިއެވެ . އެގޮތުން ރީ ޑިސްކަވާ މޯލްޑިވްސް ގެ ނަމުގައި ވެބިނާރެއް ކުރިޔަށް ގެންދިޔައިރު އެ ވެބިނާރް ގައި ބޮޑަށް ދެކެވުނީ ދިވެހިރާއްޖޭ ގެ މިހާރުގެ ހާލަތާއި ކުރިޔަށް އޮތް ތަނުގައި ދިވެހިރާއްޖޭ ގެ ޓުއާރިޒަމް މާރކެޓް އާންމު ހާލަތަކަށް ގެނައުމުގެ ގޮތުން ކުރިވެދާނެ ކަންކަމާއި ބެހޭގޮތުންނެވެ.
ކުރިޔަށް އޮތްތާނގައިވެސް ދިވެހި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޮޕަރޭޝަން (އެމްއެމްޕީއާރސީ) އިން ވިދާޅުވެއެވެ. ފްރާސް އަކީ ދިވެހިރާއްޖެއަށް 7 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި 2019 ވަނަ އަހަރުގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ކޮވިޑް ގެ ސަބަބުން ބޯޑަރ ބަންދު ކުރުމުގެ ކުރިން ފްރާސް ގެ 21784 ފަތުރުވެރިން ރާއްޖެ އައިސް ފައިވެއެވެ. އަލުން ބޯޑަރ ހުޅުވުމާއިއެކު 820 ފްރާސް މީހުން ރާއްޖެ އައިސްފައިވެއެވެ.
