ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެ އެވެ.
އެމްޓީސީސީ އިން ބުނީ ރޭމްޕް ހެދުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޖެޓީއާއި ބްރިޖް ފޫޓިންގ ގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ 33.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
