މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވަނީ ދުނިޔޭ ގެ ޓުއަރިޒަމް އޮގަނައިޒޭޝަން ގެ ޓުއަރިޒަމް ކްރައިސިސް ކޮމެޓީ ގެ 6 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގެ ބޭނުމަކީ ދުނިޔޭ ގެ ޓްއަޒިމް ދާއިރާގެ ލީޑަރުންނަށް މިކުރިމަތިވެފައިވާ ދަތި އުނދަގޫ ކަމުން އަރައިގަންނާނެ ގޮތްތައް ކިޔާދީ، މިދާއިރާ ކުރިއަރުވާ ވަރުގަދަ ކުރާނެ ގޮތް ކިޔާދިނުމެވެ. މި ބައްދަލުވުމުގެ ބައިވެރިން ވާހަކަވދައްކާފައިވަނީ ދުނިޔެއަށް ދިމާވެފައިމިވާ ނުރައްކާތެރި މިހާލަތުން އަރައިގަންނާނެ ގޮތާއި މިކަމުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ބަދަލުތަށް ރަނގަޅުކުރާނުގޮތާއި ބެހޭގޮތުންނެވެ.

ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަންގެ ސެކެޓްރީ ޖެނެރަލް މީޓިންގެ ކުރިން ވިދާޅުވީ " މި މީޓިން ގެ ބޭނުން ވަރަށް ސާފެވެ. އެއީ މިހާރު ދުނިޔެ މިއޮތް ހާލަތުގެ ސަބަބުން ފަތުރުވެރިންކަން ދަށް ވުމުން ދުނިޔޭ ގެ އެތައް ހާސް ބަޔެއް ގެ ވަޒީފާ ގެއްލި ވިޔަފާރިތައް ބަންގުރޫޓް ވެމުން އެކަން ކަމުން ކުރިޔަށް އޮތް ތާން ގައި ރައްކާތެރި ވުމަށެވެ. އަދި ދުނިޔޭ ގެ ފަތުރުވެރިކަން އާންމު ހާލަތަކަށް ގެނައުމަށެވެ."

ދިވެހިރާއްޖޭގައި ކޮވިޑް ޖެހޭ މިންވަރު ކުޑަ ކުރެވި އެއްމިނެއްގައި ހިފަހައްޓާ ލެވޭ ކަމުގައި ވަނީ ނަމަ ހުރިހާ ގެސްޓް ހައުސް ތަކެއް ހުޅުވިގެން ދާނެ ކަމަށް ޑރ.އަބްދުﷲ މައުސޫމް ވަނީ އިއުލާން ކުރަށްވާފައިއެވެ. ކޮވިޑް ގެ ސަބަބުން ރާއްޖޭ ގެ ބޯޑަރ ބަންދު ކުރުމަށް ފަހު ދާދި ފަހުން ވަނީ ހުޅުވާލާފައިއެވެ. ހުޅުވާލި ފަހުން ރާއްޖެއަށް 18800 އަށް ވުރެން ގިނަ މީހުން ވަނީ ޒިޔާރަތް ކޮށްފައިއެވެ.