1892 ވަނަ އަހަރު ފްރާންސްގެ ޤާނޫނުގައި އަންހެނުންނަށް ރޭގަނޑު މަސައްކަތް ކުރުން މަނާކޮށްފައިވެއެވެ. ނަމަވެސް ފްރާންސްގެ ޕާލަމެންޓުން 2000 ވަނަ އަހަރު އެ ޤާނޫނު އުވާލައި އަންހެނުންނަށް ރޭގަނޑު މަސައްކަތް ކުރުމުގެ ހައްގު ދީފައިވެއެވެ.
2007 ވަނަ އަހަރާ ހަމައަށް ކޮސްޓަރިކާއިން ގައި ޖިންސީ ގޯނާކުރާ ކުށްވެރިން ޖިންސީ ގޯނާގެ ދައުވާތަކުން ސަލާމަތްވީ އެމީހުންގެ ޝިކާރަކަށް ވެފައިވާ އަންހެނުންނާއި ކައިވެނިކުރުމަށް އެއްބަސްވެގެންނެވެ. ނަމަވެސް އެ ފުރައްސާރައިގެ ޝިކާރަކަށް ވެފައިވާ އަންހެން މީހާގެ ބަހެއް މިކަމުގައި ނުވެއެވެ. ގުއަޓެމާލާ، ޕެރޫ، އުރުގުއޭ، އިތިއޮޕިއާ އަދި، 2014 ވަނަ އަހަރު މޮރޮކޯއިން ވެސް ޖިންސީ ގޯނާކުރާ ކުށްވެރިން މި ގޮތަށް ސަލާމަތްވުމުގެ ފުރުސަތު ލިބިދޭ ޤާނޫނުތައް ބަދަލުކޮށްފައިވެއެވެ.
1999 ވަނަ އަހަރު ވަންޑާގެ އަންހެނުންނަށް ބިން ވާރުތަކުރުމުގެ ހައްގު ލިބިފައިވެއެވެ. ނަމެވެސް އަންހެނުންނަށް އެއްވަރަކަށް ބިން ވާރުތަކުރުމާއި އެ ބިން ވިއްކުމުގެ ހައްގު ލިބިފައިވަނީ 2005 ވަނަ އަހަރުއެވެ.
ޔޫގަންޑާގައި 2004 ވަނަ އަހަރުގައި ދުސްތޫރީ ކޯޓުން ނިންމާފައިވަނީ ފިރިހެނުންނަށްވެސް ބޭވަފާތެރި ބައިވެރިންނާއި ވަރިވުމުގެ ހައްގު އަންހެނުންނަށްވެސް ފޯރުކޮށްދިނުމަށެވެ. އަދި މި ނިންމުމަކީ ޔޫގަންޑާގެ އަންހެނުންނާ މެދު ތަފާތުކުރާ ގާނުނެއް އުވާލި ފުރަތަމަ ފަހަރެވެ.
2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ޤާނޫނުން ގެވެށި އަނިޔާގެ މައްސަލައިގައި އަންހެނުންނަށް ފިރިންގެ މައްޗަށް ދައުވާ ކުރުމަށް ނިންމިފައިވެއެވެ. އަދި، ސުރީނާމްގައި އަންހެނުންނަށް އެމީހުންގެ ޤައުމިއްޔަތު ދަރިންނަށް ފޯރުކޮށްދެނުމުގެ ޙައްޤު ލިބިގެންވެއެވެ. ނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަންހެނަކަށް ދަރިންނަށް، އަދި ފިރިމީހާއަށްވެސް ރައްޔިތުކަން ދިނުމުގެ ހައްގެއް ލިބިފައިނުވެއެވެ.
