އުރީދޫ ނޭޝަންސްގެ ގޭމުތައް ކުޅޭ ކުދިންނަށް ޚާއްސަ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
އެންމެ 100 ރުފިޔާ އަށް 100 ޖީބީ ލިބޭ މި ޕެކޭޖަކީ ގޭމް ކުޅޭ ފަރާތްތަކާއި ލައިވް ސްޓްރީމް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފް ކުރި ޕެކޭޖެކެވެ.
މި ޕެކޭޖުން އެއްވެސް ހުއްޓުމަކާއި ދަތިކަމެއް ނެތި ގޭމްކުޅެ، ލައިވް ސްތްރީމް ކުރެވޭނެ ކަމަށް އުރިދޫ އިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ މި “ގޭމް އޮން” ޕެކް މައި އުރީދޫ އެޕްލިކޭޝަނުން ޑައުންލޯޑް ކުރެވޭނެއެވެ.
އުރީދޫ ނޭޝަން އަކީ އޮންލައިން ގޭމް ކުޅޭ ފަރާތްތަކަށް ތަފަާތު ގިނަ ރޭންޖުގެ ގޭމުތަކާއި މުބާރާތްތައް ކުޅުމިގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެެ.
