ހެޑްބޭންގ ކުރަން ޝައުގު ހުންނަ ޒުވާނުންނަށް ވަރަށް ރަގަޅު ފުރުސަތެއް ފަހި ވެއްޖެއެވެ. މެޓަލް ވާރސް މޯލްޑިވްސް އިން ދިވެހިރާއްޖޭ ގައި ފުރަތަމަ ފަހަރަށް ހެވީ މެޓަލް މުބާރަތެއް ބާއްވައިފިއެވެ. މި މުބާރާތެގައި މިހާތަނަށް 7 ގުރޫޕް އަކުން ބައިވެރިވެފައިވެއެވެ. މެޓަލް ވާރސް މޯލްޑިވްސްއިން ބުނި ގޮތުގައި މި މުބާރާތް ބާއްވައިފައިވަނީ ދިވެހިރާއްޖެ އަށް ހެވީ މެޓަލް އައު ލަވަތަކެއް ނެރުމުގެ މަޤްޞަދުގައި ކަމަށެވެ.
މެޓަލް ވާރސް މޯލްޑިވްސްއިން ބުނި ގޮތުގައި މި މުބާރާތް ކާމިޔާބުކުރާ ބޭންޑަކަށް 38،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވުމުގެ އިތުރުން ތިން މަސް ދުވަހަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ސްޓޫޑިއޯ އެއް ދޭނެކަމަށެވެ.
މީގެ އިތުރުން ޕްރޮފެޝަނަލީ މެޓަލް ލަވަތައް ރެކޯޑް ކުރުމުގެ ފުރުސަތު ދިނުމާއިއެކު ލައިވް ޝޯވ އެއް ހުށަހެޅުމުގެ ފުރުސަތު އެއްވަނަ ހޯދާ ބޭންޑް އަކަށް ލިބިގެންދާނެ ކަމަށެވެ.
މެޓަލް ވާރސް ވޯލްޑްސްއިން އިތުރަށް ބުނީ މިފަދަ މުބާރާތެއް އިންތިޒާމުކޮށް ކުރިޔަށް ގެންދިޔައީ މެޓަލް މިއުޒިކް ކުޅެމުން އަންނަ ބޭންޑްތަކުގެ އެއްބާރުލުމާއިއެކުގައި ކަމަށާއި، މި މުބާރާތުގެ ޖަޖުންނަކީ މެޓަލް މިއުޒިކްގައި ފުންނާބު އުސް ފަރާތްތަކެއް ކަމަށެވެ.
މީގެ އިތުރުން މެޓަލް ވާރސް މޯލްޑިވްސްއިން ވިދާޅުވިގޮތުގައި މި ބޭންޑް ތަކުން އަޕްލޯޑް ކޮށްފައިވާ ވީޑިޔޯތަކަށް 24 ގަޑިއިރު ތެރޭގައި 5000 އަށް ވުރެން ގިނަ ވިއުސް ލިބިފައިވާކަމަށާއި މިމުބާރާތަކީ ހީކުރި ވަރަށް ވުރެން ވެސް ކާމިޔާބުވެގެން ދިޔަ މުބާރާތެއް ކަމަށެވެ.
މިމުބާރާތައް ފަންޑް ކޮށްފައިވަނީ މެޓަލް ވާރސް މޯލްޑިވްސްއިން ގެ ފައުންޑާސް އިން ގެ ފަރާތުންނެވެ
