އިންޑިޔާގެ މަޝްހޫރު ތަރިންނަކީ އާންމުކޮށް އެމީހުންކުރާ ގިނަ ކަންތައް އާންމުންގެ ތެރެޔަށް ޝޯސަލް މީޑިއާ މެދުވެރިކޮށް ފޮނުވާލާ ބަޔަކެވެ. ބައެއް ތަރިން އެމީހުން ކަސްރަތު ކުރާތަނާއި އެއްތަނުން އަނެއްތަނަށް ދަތުރުކުރާތަން އާންމުކޮށް ޝޯސަލް މީޑިޔާއަށްލާ އުޅެއެވެ. އެގޮތުން މިފަހަރު ނޭހާ ކައްކަރު މިވަނީ އޭނާ އާންމުކޮށް ނުކުރާ ކަމެއްކޮށް އާންމުންނާއި އެކަން ހިއްސާކޮށްފައެވެ. 

ނޭހާ ކައްކަރު މިފަހަރު ލާފައިވާ ވީޑިއޯ އިން ފެނިގެންދަނީ އިންޑިޔާގެ ރެސްޓޯރެންޓެއްގެ ތެރޭގައި އޭނާ ޕިއްޒާ ހަދާތަނެވެ. އޭނާ އެ ވީޑިއޯ އާންމު ކުރަމުން ބުނެފައިވަނީ ކެއްކުމަކީ އޭނާ އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫންކަމަށާއި ޕިއްޒާ ހެދުމަކީ ވަރަށް މަޖާ އަދި ވަރަށް ވެސް ފަސޭހަކަމެއް ކަމަށެވެ. އޭނާ އާންމުކޮށްފައި އިން ވީޑިއޯއިން ފެނިގެން ދަނީ އާންމުކޮށް ހުންނަ ޕިއްޒާތަކާއި ތަފާތު ޑިޒައިނަކަށް ޕިއްޒާ ދަމާ ނިންމާލާތަނެވެ. އެއަށް ފަހު އޭނާ އެޔަށް ފަހު އެ ޕިއްޒާގެ މަތީގައި ސޯސް ހޭކުމަށް ފަހު އޭނާ އަށް އެންމެ ކަމުދާކަމަށް ބުނާ ޓޮޕިންގްސް ކަމުގައިވާ ޗީޒް، ޗެރީ ޓޯމާޓޯ އަދި ޗިލީ ފްލޭކްސް އެޅުމަށް ފަހު އެ ޕިއްޒާ ފިހަންލާތަން މި ވީޑިއޯއިން ފެނިގެން ދެއެވެ. 

މި ވީޑިއޯ އާންމުކުރުމާއި އެކު ގިނަ ބަޔަކު ވަނީ މި ވީޑިއޯ ބަލާ ޝެއަރ ވެސް ކޮށްފައެވެ. އަދި އެތައް ބަޔަކު ވަނީ މި ވީޑިއޯ އަށް ހަޖޫޖަހާ ނޭހާ އަށް މަލާމާތްވެސް ރައްދުކޮށްފައެވެ.