ނެޓްފްލިކްސް އިން ފިލްމާއި ސީރީޒް މިހާރަކަށް އައިސް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މި ޖަނަވަރީ މަހުވެސް ނެޓްފްލިކްސް އިން ވަނީ ވަރަށް ގިނަ ފިލްމުތަކެއް ނެރުމަށް ނިންމާފައިއެވެ. އެގޮތުން މިހާރު މި ބަލާލަނީ ޖަނަވަރީ މަހު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމާއި ސީރީޒް ތަކަށެވެ. 

1-ދަ ޕޭލް ބުލޫ އައި:-

މިއީ ބިރުވެރި އަދި މިސްޓްރީ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި ފިލްމު ބިނާވެފައިވަނީ 1830 ވަނަ އަހަރަށެވެ. މި ފިލްމުގައި ކްރިސްޓިއަން ބޭލް ގެ އިތުރުން ހެރީ މެލިންގް އަދި ލޫސީ ބޯޓަމް ވެސް ފެނިގެންދާނެއެވެ. މި ފިލްމް ނެޓްފްލިކްސް އިން ރިލީޒްސް ކުރަން ނިންމާފައިވަނީ 6 ޖެނުވަރީ2023 ގައި އެވެ.

2- ޔޫ ޕީޕަލް:-

މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހެއްވާ މަޖާ ފިލްމެކެވެ. މި ފިލްމުން ފެނިގެންދާނީ އެކުގައި އުޅޭ ދެމީހެއްގެ ދިރިއުޅުމުގައި ހިނގާ އެކި އެކި ތަފާތު ކަންތަކެވެ. މި ފިލުމުގެ ތަރިންގެ ތެރޭގައި ޖޯނަހް ހިލް، ލޯރެން ލަންޑަން އަދި އެޑީ މާރފީ ހިމެނެއެވެ. މި ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ މިމަހު 27 ވަނަ ދުވަހުއެވެ.

3- ގިނީ & ޖޯޖިއާ (ސީޒަން 2)

މިއީ 2021 ވަނަ ނެރުން ގިނީ & ޖޯޖިއާ ގެ ދެވަނަ ސީޒަންއެވެ. މި ސީރީޒުން ފެނިގެން ދަނީ މަންމައަކު އޭނާ ގެ 2 ދަރިންނަށް އޭނާ އަށް ލިބުން ދިރިއުޅުމަށް ވުރެން ރަނގަޅު އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތާއި އޭނާ އާއި އޭނާގެ އަންހެން ދަރިފުޅާއި ދެމެދު އޮންނަ ގުޅުމެވެ. މި ސީރީޒް ރިލީޒް ކުރަން ހަމަ ޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

4- ދެޓް 90ސް ސޯ:-

މި މަހުގެ 19 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ މި ސީރީޒް އަކީ 1995 ވަނަ އަހަރު ތެރޭގައި ދިރިއުޅެމުން އަންނަ އާއިލާ އަކަށް ހަދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް އިން ފެނިގެންދާނީ ޓީނޭޖް އަންހެން ކުއްޖަކަށް ދިމާވާ ކަންތަކެވެ.