ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ އެވެ.
އެމްޓީސީސީ އިން ބުނީ މި މަސަައްކަތުގައި ހިމެނޭ ބޭރުތޮށި ލުމުގެ މަސައްކަތުގެ 25 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ،
