ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ވެބް ސީރީޒް ފަރްޒީ އާންމުންނާއި ހަމައަށް އަންނާނެ ދުވަސް އިއުލާނުކޮށްފިއެވެ.
ޝާހިދު ކަޕޫރް އަދި ވިޖޭ ސެތުޕަތީ ފެނިގެންދާ މި ވެބް ސީރީޒް އަކީ 8 އެޕިސޯޑް ގެ ވެބް ސީރީޒްއެކެވެ. މި ވެބްސީރީޒަކީ ޑާކް ކޮމެޑީ ޓްރިލާ އެއްކަމަށް މި ވެބްސީރީޒް ގެ ޓީމުން ބުނެފައިވެއެވެ.
އަދި މި ވެބް ސީރީޒްގައި ސާހިދު ފެނިގެންދާނީ އޭނާ އެއްވެސް ފިލްމަކުން އަދި ފެނިފައި ނުވާ ރޯލްއަކުންކަމަށް މި ވެބް ސީރީޒް ގެ ޓީމުން ވަނީ ކުރިން ބުނެފައެވެ. މިވެބް ސީރީޒް ވެގެން ދާނީ ޝާހިދުގެ ފުރަތަމަ ވެބް ސީރީޒް އަށެވެ.
އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވެބް ސީރީޒުން ޝާހިދު ފެނިގެންދާނީ ސްޓްރީޓް އާޓިސްޓެއްގެ ގޮތުގައެވެ. އަދި ވިޖޭ ފެނިގެންދާނީ ވަރުގަދަ ފުލުސް އޮފިސަރެއްގެ ގޮތުގައެވެ.
އާންމުންގެ ތެރޭގައި މަގްބޫލްކަން ހޯދާފައިވާ ޑީ.ކޭ އަދި ރާޖް ހަދާފައިވާ މި ވެބް ސީރީޒް ރިލީޒްކުރާނެ ކަމަށް އެ ޓީމުން އިއުލާނުކޮށްފައިވަނީ 10 ފެބްރުއަރީ ގައެވެ.
