ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖީއޭ ޕާރކިންގައި ތާރު އެޅުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަޙައްދެއްގެ ޓޮޕްސޮއިލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި 8372.70 އަކަ މީޓަރުގެ ސަރަޙައްދަކަށް ވެލި އަޅައި ލެވެލް ކުރުމާއި، 55،818 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން 8372.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި، 55،818 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މި މަޝްރޫއަކީ 91.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.