ދުނިޔޭގެ ނަން މަޝްހޫރު ބިލިޔަނުންގެ ތެރޭ ހިމެނޭ އެއްނަމަކީ ކައިލީ ޖެނާއެވެ. ކައިލީ ދުނިޔޭގެ އެތައް ބަޔެއް ގެ ހިތުގައި ރަނިކަން ކުރަމުންދާ އާންމުންގެ ތެރޭގައި މަޝްހޫރު ސަހުސިއްޔަތެކެވެ. މިފަހަރު މި އޮތީ މިކަހަލަ އެތައް ބައެއްގެ މޫނުމަތިން ހިނިތުންވުން ގެނުވާނެ ކަހަލަ ހަބަރެކެވެ. ކައިލީ ޖެނާ އޭނާގެ ރެޕާ ބޮއިފެރެންޑް ޓްރެވިސް ސްކޮޓް އާއި ދުރުވި ހަބަރެވެ.
ކެއިލީ އާއި ޓްރެވިސް އެކީގައި ދެ ކުދިން ލިބިފައިވާ އިރު މިއީ މި ދެމީހުން ގުޅުން ކަނޑާލި ދެވަނަ ފަހަރުކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ދެ މީހުން ވަކިވި މައިގަނޑު ސަބަބެއް ނޭންގުން ކަމުގައި ވިޔަސް އެމެރިކާ ނޫސް ތަކުގައިވާ ގޮތުން މި މީހުން ވަކި ވެފައިމި ވަނީ ޓެރެވިސް 2021 ވަނަ އަހަރު ބޭއްވި ކޮންސެޓާ ގުޅުން ހުރުން އެކަށީގެންވެއެވެ. މި ކޮންސެޓުގައި ހަމަ ނުޖެހުމެއް ހިނގާ 9 މީހުން މަރުވެފައި ވަނީ ޓްރެވިސް ގެ މެނޭޖްމަންޓް ޓީމްގެ ފަރުވާކުޑަ ކަމުން ނަމަވެސް އެކަމުގެ ޒިންމާ ޓްރެވިސް ނަގާފައި ނުވާ އިރު އޭރު ކައިލީ ހުރީ ޓްރެވިސް ގެ ކޮޅަށެވެ.
ފުރަތަމަ މި ދެމީހުން ގުޅިފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އެމީހުން ވަނީ މި ގުޅުން 2019 ވަނަ އަހަރު ނިމުމަކަށް ގެނެސްފައެވެ.
މުނިފޫހިފިލުވުން
ގިނަ ބަޔެއްގެ ހިތްތައް ކަތިލި ކައިލީ ސިންގަލް ވެއްޖެ.

އެހެނިހެން ލިޔުން