ބޭންކް އޮފް މޯލްޑިވްސް އިން މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެ މަގާމަަށް މިހާރުގެ ސީއީއޯ ކާރލް ސްޓުމްކަ އައްޔަންކުރައްވާފައިވަނީ މިއަދު އެވެ.

ކާރލް، ބޭންކުގެ ސީއީއޯ ގެ މަގާމާއި ހަވާލުވެ ބޭންކާއި ގުޅިވަޑައިގަތީ 23 އޮކްޓޫބަރު 2022 ގަ އެވެ. އަދި މިއަދު ސަރުކާރުގެ ފަރާތުން ވަނީ ކާރލް، ބީއެމްއެލް ބޯޑަށް އައްޔަންކޮށްފަ އެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނީ މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުންކުރާ އާންމުޖަލްސާ އަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ.