ވިރާތް އަދި އަނުސްކާ އެމީހުންގެ ދަރިފުޅު ވާމިކާގެ 2 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔާއިފިއެވެ. އެމީހުން ވާމިކާ އުފަން ދުވަސް ފާހަގަ ކޮށްފައިވަނީ ދުބާއީ ގައެވެ. ވާމިކާ އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން އެ މީހުން ވަނީ އާންމުންގެ ތެރެޔަށް އެ ވާމިކާ އަދި އެ ދެމީހުން ވަރަށް ލޯބި ފޮޓޯތަކެއް އާންމުކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ފޮޓޯއަކުން ވާމިކާގެ މޫނު ފެންނާކަށް ނުހުރުއެވެ.
އަނުސްކާ ފޮޓޯ ޝެއާރ ކުރަމުން ބުނެފައިވަނީ 2 އަހަރު ކުރިން އޭނާގެ ހިތް ލޯބިން ފުރުން ކަމަށެވެ.މިފޮޓޯއިން ފެނިގެން ދަނީ ވާމިކާ އޭނާ ގެ މަންމަ އަށް ސްލޮޕީ ކިސަސް ދޭ މަންޒަރެވެ. ހަމަ އެއާއި އެކު ވިރާތް ސެއާރ ކުރި ފޮޓޯގައިވާ ގޮތުން އޭނާ ގެ ފުރާނައަށް 2 އަހަރު ފުރިއްޖެކަމަށެވެ.
ވިރާތް އާއި އަނުސްކާ ވާމިކާ ގެ ފޮޓޯތައް އާންމުކޮށް ސޯސަލް މީޑިޔާއަށް ނުލާތީ މި ފޮޓޯތައް ވަނީ ގިނަ ބަޔަކު އިންތިޒާރުތަކަށް ނިމުމެއް ގެނުވި ފޮޓޯތަކަކަށެވެ. އެމީހުން ގެ ފޭނުން އަދި ޕަޕަރާޒީންގެ ސަބަބުން އެމީހުން ބޭރަށް ނިކުންނަ އިރުވެސް ގިނަ ފަހަރަށް ނިކުންނަނީ ހަމަ ވާމިކާ ނުލާއެވެ.
