ރާއްޖޭގެ މަޝްހޫރު އިންސްޓަގްރާމް މޮޑެލް ކައިޒީންވެސް ޓިކްޓޮކާ ގުޅިއްޖެއެވެ. އިންސްޓަގްރާމްގައި 119 ހާސް މީހުން ފޮލޯކުރާ ކައިޒީން އަކީ ރާއްޖޭގެ ވަރަށް ގިނަ ބިއުޓީ ބްރޭންޑްސް ތަކެއްގެ އެމްބެސެޑަރުކަން ވެސް ކުރާ ފަރާތެކެވެ. ކައިޒީންގެ ފުރަތަމަ ވީޑިއޯ ޓިކްޓޮކްގެ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލީ މިއަދުގެ މެންދުރުއެވެ.
ކައިޒީންގެ ފުރަތަމަ ވީޑިއޯ އިން ފެންނަނީ އެނިމަލް ޕްރިންޓް، ސްކިން ޓައިޓް ޖަމްޕް ސޫޓެއްގައި ހުންނަ މަންޒަރެވެ. ބެލެވޭ ގޮތުގައި މިއީ ކައިޒީންގެ މޮޑެލް ޝޫޓެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯ އެކެވެ. ވީޑިއޯ އާންމު ކުރިތާ ދެ ގަޑިއެއްހާ އިރުގެ ތެރޭގައި 500 މީހުން ވީޑިއޯ އަށް ލައިކްކޮށް، 29 މީހުން ކޮމެންޓްކޮށް 388 ފަރާތަކުން މި ވީޑިއޯ ވަނީ ޝެއަރ ކޮށްފައެވެ.
ކައިޒީންގެ ޓިކްޓޮކް ވީޑިއޯ އާންމު ކުރުމާއި ގުޅިގެން ތީރުން ގުޅުމުން ކައިޒީން ބުނީ ޓިކްޓޮކާ ގުޅުނީ ސައުތު އާޝީޔަގެ ޓިކްޓޮކް ޓީމުން ދަޢުވަތު ދިނުމުން ކަމަށެވެ. ސޯޝަލް މީޑިޔާގައި ނުފޫޒުގަދަ ފަރާތްތަކަށް ޓިކްޓޮކް ކޮމިއުނިޓީ އާ ގުޅުމަށް ދަޢުވަތު ދެއެވެ. ނަމަވެސް ކައިޒީން ފިޔަވާ ދިވެހި އެހެން ފަންނާނަކަށް މި ދަޢުވަތު ލިބުން ކަމެއް އެނގޭކަން ނެތެވެ.
ކައިޒީން ޓިކްޓޮކާއި ގުޅުމުން ގިނަ މީޑިޔާތަކަކުން ވަނީ އޭނާއަށް މިކަމާ ގުޅިގެން ސުވާލުކޮށްފައެވެ. މިކަން ހިނގާ ދިޔަގޮތް ސާފުކޮށްދީ، ކައިޒީންގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ވަނީ މިކަން އާންމުވެސް ކޮށްފައެވެ.
