އެލްވިސް ޕްރެސްލީ ގެ ހަމައެކަނި ދަރިފުޅުކަމުގައިވާ ލިސާ މެރީ ޕްރެސްލީ އުމުރުން 54 އަހަރުގައި މަރުވެއްޖެއެވެ.
މިކަން އިއުލާނުކުރަމުން ލިސާ ގެ މަންމަ ބުނެފައިވަނީ އޭނާ ގެ އަންހެން ދަރިފުޅު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހާރޓް އެޓޭކްއެއް އެއްޖެހިގެން މަރުވެފައި ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ލިސާ މަރުވެފައިވަނީ ލިސާގެ ކެލޮފޯނިއާ ގެ ކެލީބަސްގަ ހުންނަ ގޭގައި ކަމަށެވެ.
ޕްރިސްކްލާ ޕްރެސްލީ އިތުރަށް ބުނި ގޮތުގައި ލިސާ އަކީ އޭނާ ދުށް އެންމެ ހިތްވަރުގަދަ އަދި ލޯބިވާން އިނގޭ މީހާކަމަށެވެ.
މީގެއިތުރުން، އުމުރުން 77 އަހަރުގެ ޕްރިސްކްލާ ޕްރެސްލީ ބުނެފައިވަނީ ހުރިހާ އެންމެންވެސް ލިސާ އަދި އޭނާގެ އާއިލާ އެމީހުންގެ ދުއާގައި ހިމެނުމަށެވެ.
ހަބަރު ލިބިފައިވާ ގޮތުގައި ލިސާ ވަނީ ހަމަ ވަގުތުން ހޮސްޕިޓަލް އަށް ގެންދެވިފައިއެވެ. ނަމަވެސް އޭރުވެސް އޭނާ ވަނީ މަރުވެފައިކަމަށްވެސް އެލްއޭ ފަޔާރ ޑިޕާޓްމަންޓް ގެ އޮފިޝަލެއް މީޑިއާ އަށް ހަބަރުދެމުން ބުނެފައިވެއެވެ.
