މިދިޔަ އަހަރު ގިނަ ބަޔަކު ސިއްސުވާލި ހަބަރަކީ ޝަކީރާ އާއި އޭނާ ގެ ލޯބިވެރިޔާ ޖެރާޑް ޕީކޭ އާއި ދުރުވި ހަބަރެވެ. މިކަން ދިމާވާން ޖެހުން އެންމެ ބޮޑު އެއް ސަބަބަކީ ޝަކީރާގެ މައްޗަށް އުފުލިފައިވާ ޓެކްސް އަށް މަކަރު ހެދި ކަމުގެ ދައުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއަދު ޝަކީރާ ވަނީ އޭނާގެ މުޅިން އާ ލަވަ އެއް ރިލީޒް ކޮށްފައެވެ. ގިނަ މީހުން ބުނާ ގޮތުގައި މި ލަވަ ޝަކީރާ ހާއްސަ ކޮށްފައި ވަނީ ޕީކޭ އަށެވެ.

މިލަވައިގައި ޝަކީރާ ބުނާ ގޮތުން އޭނާ ކަހަލަ ޝީ ވުލްފުންނަކީ އެ ކަހަލަ ފިރިހެނުންނަށް ހެދިފައި ތިބި ބަޔެއް ނޫން ކަމަށާއި އޭނާ އެ ފިރިހެން މީހާ މާކުރިންވެސް އޭނާ ގެ ދިރިއުޅުމުން ބޭރުކޮށްލަން ޖެހިފައިވާ ކަމަށެވެ. މީގެއިތުރުން އޭނާ އެ ފިރިހެންމީހާ އަށް މާރަނގަޅު ވުމުން އެ ފިރިހެން މީހާ އޭނާއާއި އެއްފެންވަރު މީހެއް ކައިރިއަށް ޝަކީރާ ދޫކޮށް ދިޔައީކަމަށެވެ.

އެ ލަވައިގައި އިތުރަށް ބުނަފައިވާ ގޮތުގައި މީހުންގެ ފާޑު ކިޔުން އެ ފިރިހެން މީހާ އަށް ރައްދު ވީ ޝަކީރާގެ ސަބަބުން ނޫންކަމަށާއި އޭނާ ހަމައެކަނި ހަދަނީ ލަވަކަމަށާއި އެކަމުގެ ސަބަބުން އެ ފިރިހެން މީހާ އަށް އުނދަގޫވަންޔާ ވަރަށް ބޮޑަށް މާފަށް އެދޭކަމަށެވެ. މި ލަވައިގައި އިތުރަށް ވާގޮތުގައި ޝަކީރާ ދޫކޮށްލާފައި އެ ފިރިހެން މީހާ ދިޔައީ ސަރުކާރަށް ދަރަނި ވެރިކޮށް މީޑިއާ އޭނާ ދޮރު ކުރިމައްޗަށް ގެނެސްފަ ކަމަށެވެ.

އިތުރަށް އޭނާ ބުނެފައި ވާގޮތުން އެ ފިރިހެން މީހާ ހީކުރީ އޭނާ ދޫކޮށްލުމުން ޝަކީރާ ރޯނެކަމަށެވެ. ނަމަވެސް މިހާރު ޝަކީރާ ނުރޯކަމަށާއި އޭނާ އަށް އެތައް ހާސް ރުފިޔާ އަށް އިތުރަށް ލިބޭކަމަށެވެ. އަދި އެ ފިރިހެން މީހާ އަކީ ހިތުން ޗެމްޕިއަނެއް ކަމަށާއި ނަމަވެސް ޝަކީރާ އެންމެ ބޭނުންވި ދުވަހު އެ ފިރިހެންމީހާ ފިނޑިއެއްހެން ފިލި ވާހަކަވެސް އެ ލަވައިގައި ފާހަގަކޮށްފައިވެއެވެ.

ޝަކީރާ ލެޓިން ބަހުން ކިޔާފައި ވާ މި ލަވައިގައި އިތުރަށް ވާގޮތުން އެ ފިރިހެން މީހާ ހީކުރާ ގޮތުން އޭނާ އަށް ގެނެވުނީ ވަރަށް ރަނގަޅު ބަދަލެއް ނަމަވެސް އޭނާ ވަނީ ފެރާރީ އެއްގެ ބަދަލުގައި ޓްވިންގޯއެއް އަދި ރޯލެކްސް އެއް ގެ ބަދަލުގައި ކެސީއޯ އެއް ހޯދާފައިކަމަށެވެ. އޭނާ އެ ލަވައިގައި އިތުރަށް ފާހަގަ ކުރި ގޮތުގައި އޭނާ އަކީ 22 އަހަރުގެ ދެ މީހުންނަށް ވުރެން މާ އަގު ބޮޑު ނުވަތަ މުހިންމު މީހެއް ކަމަށެވެ. މީ ލަވައިގެ ތެރެއިން ޝަކީރާ އެ ފިރިހެން މީހާ އާއި ދިމާލަށް އިތުރަށް ބުނެފައިވަނީ މާގިނަ އިރު ޖިމްގައި ވޯކް އައުޓް ކުރިޔަސް ނުނިމޭކަމަށާއި އެ މީހާގެ ސިކުނޑި އަށްވެސް ވޯކް އައުޓް ބޭނުން ވާކަމަށެވެ. 

މިލަވައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އެންމެ ދުވަހެއް ތެރޭގައި މިލަވަ ވެގެން ގޮސްފައި ވަނީ ހިޓް އަކަށެވެ.