ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ އެންމެ ފަހު ލަވަ އަށް ކެސިއޯ އިން ރައްދު ދީފިއެވެ. ޝަކީރާގެ މި ލަވަ އޭނަ ހާއްސަ ކޮށްފައި ވަނީ ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މި ލަވައިގައި ވާގޮތުން ޕީކޭ، ޝަކީރާ ދޫކޮށްލުމަކީ ރޮލެކްސްއެއް ކެސިއޯ އަކާއި ބަދަލުކުރުން ކަހަލަ ނުވަތަ ފެރާރީއެއް ޓްވިންގޯ އަކާއި ބަދަލުކުރުން ކަހަލަ ކަމެއް ކަމަށް ޝަކީރާ ބުނެފައިވެއެވެ.
މިކަމާއި ގުޅިންގެ ކެސިއޯ އިން ވަރަށް ވެސް ތަފާތު ޓްވީޓެއްކޮށްފައެވެ. އެ ޓްވީޓުގައި ވާގޮތުން އެ ކުންފުނީގެ ގަޑިތަކުގެ ބެޓަރީ އުމުރު، ޝަކީރާ އާއި ޕީކޭގެ ލޯބީގެ ގުޅުމަށް ވުރެން ވަރުގަދަވެފައި ގިނަ ދުވަސް ވަންދެން ހިފަހައްޓާކަމަށެވެ.
ޝަކީރާގެ މި ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ނެރުންތާ އެންމެ ދުވަހެއް ތެރޭ އެތައް ބަޔަކު ވަނީ މި ލަވަ ބަލައި، މި ލަވަ ހިޓް އަކަށް ހަދާފައިއެވެ. އަދި މުޅި ސޯޝަލް މީޑިއާ ގައި ޓްރެންޑްވެގެން ގޮސްފައިވަނީ "ޓީމް ޝަކީރާ" ކަހަލަ ތަފާތު ހޭޝްޓެގް ތަކެވެ.
