އަސްލު ކެސެޓް ވާޝަން ވިއްކަން ފެށިތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސޮނީން ވަނީ ރެޓްރޯ ގެޖެޓްއެއް ކަމަށްވާ ވޯކްމަންގެ މުޅިން އާއުފެއްދުމެއް ތައްޔާރުކޮށްފައެވެ.
ވޯކްމަން އެންޑަބްލިއު-އޭ306 އިން އިންޓަނެޓް މެދުވެރިކޮށް ސްޕޮޓިފައި އާއި ޔޫޓިއުބް ފަދަ ހިދުމަތްތަކުން މިއުޒިކް ޑައުންލޯޑްކޮށް ސްޓްރީމް ކުރެވޭނެ އެވެ.
މިވޯކަމަންގައި 3.6 އިންޗީގެ ޓަޗްސްކްރީނެއްގެ އިތުރުން ސައިޑްގައި ފިޒިކަލް ކޮންޓްރޯލްތައް ހުރުމުން ޖީބުން ނަގަން ނުޖެހި ވޮލިއުމް ބަދަލު ނުވަތަ ޓްރެކް ބަދަލުކުރެވޭނެ އެވެ.
ޑިވައިސްގެ އަގަކީ 349 ޕައުންޑް ކަމުގައިވާއިރު މިއަގަކީ މާކެޓުގައި ހުރި ބައެއް ސްމާޓްފޯނުތަކަށް ވުރެ ބޮޑު އަގެކެވެ.
އެންޑަބްލިއު-އޭ306 އެންޑްރޮއިޑް ބޭނުންކުރާއިރު، ބޭނުންކުރެވެނީ މަދު އެޕްތަކެކެވެ. އޭގެ ތެރޭގައި މިއުޒިކް އެޕްތަކާއި ގޫގުލް ކްރޯމް ބްރައުޒާ ހިމެނެ އެވެ.
"މިއުޒިކް އަޑުއެހުމުގެ އިތުރަށް ޑައުންލޯޑްކޮށް ސްޓްރީމް ކުރެވޭނެ މި ސްޓައިލިޝް އަދި ކޮމްޕެކްޓް މިއުޒިކް ޕްލޭޔަރ އިން މަތީ ފެންވަރުގެ އަޑެއް ލިބިވަޑައިގަންނަވާނެ،" އާ ޑިވައިސްއާ ބެހޭ ގޮތުން ސޮނީން ބުނެ އެވެ.
"ފުލް ވައިފައި ކޮމްޕެޓިބިލިޓީ އާއި ދިގު މުއްދަތަކަށް ދެމިގެންދާ ބެޓެރީއަކާއި ސްޓައިލިޝް އަދި ސްލީކް ޑިޒައިންއަކާއެކު ބޭނުން ތަނެއްގައި މިއުޒިކް އަޑުއަހާލެވޭނެ."
އިންޓަނެޓް ގެ އިތުރުން 'ސްޓައިލިޝް އަދި ކޮމްޕެކްޓް' އާ ޕްލޭޔަރ ޕީސީއާ ޔޫއެސްބީ މެދުވެރިކޮށް ގުޅައިގެން މިއުޒިކް ޓްރާންސްފާ ކުރެވޭނެއެވެ.
އަދި ކޮމްޕްރެސްޑް ޑިޖިޓަލް މިއުޒިކް ފައިލްތައް މަތީ ފެންވަރަކަށް 'އަޕްސްކޭލް'ކުރުމަށް ވެސް އެންޑަބްލިއު-އޭ306 ގައި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުން ކުރެ އެވެ.
ސޮނީން ބުނާ ގޮތުގައި މިއީ ހަގީގީ މިއުޒިކަށް ލޯބިކުރާ މީހުންނަށް ހާއްސަ ޑިވައިސްއެއް ކަމަށާއި މިއީ ގިނަ ފްލެގްޝިޕް ސްމާޓްފޯންތަކުގައި ނުލިބޭ ފެންވަރެއްގެ އަޑު ކޮލިޓީއެއް ލިބޭ ޑިވައިސްއެއް ކަމަށެވެ.
