ޕޮޕްކޯނަކީ ފޮނި ނުވަތަ "ކެރަމަލައިޒްޑް"، ބަޓަރ ހާކާފައި ނުވަތަ ބޯޅައެއްގެ ގޮތުގައި ފޮނިކޮށް "މޯލްޑްކޮށްގެން"، ނުވަތަ ބަދަނާއި ޗޮކޮލެޓް އާއި އެކު ތައްޔާރުކުރެވޭ ލުއި ކާނާއެކެވެ. މިއިން ކޮންމެވެސް ގޮތަކަށް ޕޮޕޯކޯން ތައްޔާރުކޮށްގެން މިއަދު، ބައިނަލް އަޤުވާމީ ޕޮކޯން ދުވަސް ފާހަގަކުރަން ހިނގަމާހެއްޔެވެ.
މުސްކުޅި އިނގިރޭސި ބަހުން "ކޯން" މި ލަފުޒުގެ މާނައަކީ "ގްރެއިން" ނުވަތަ ވަކިން ޙައްޞަކޮށް ސަރަހައްދެއްގައި ހެދޭ އެންމެ ފާހަގަކޮށްލެވޭ ދަނޑުވެރިކަމުގައި ހެއްދޭ "ގްރެއިން"ގެ ބާވަތެވެ. "ނޭޓިވް އެމެރިކާގެ" މީހުން އެމީހުން އާންމު ދަނޑުވެރިކަމުގެ ބާވަތްކަމަށްވާ "ގްރެއިން" ތައާރަފްކުރުމަށް "ކޯން" މިލަފުޒު ބޭނުންކުރެ އުޅެއެވެ.
16 ވަނަ ގަރުނުގެ ކުރީކޮޅު "އެޒްޓެކްސް" އިން ޕޮކޯން ބޭނުން ކުރަމުން ގެންދިއަޔީ އެމީހުންގެ ބޮލުގައި އަޅާ އެއްޗެއްގެ ގޮތުގައި އެމީހުންގެ "މެއިޒް" އަދި ދަރިމައިވުމުގެ ކަލާނގެއަށް ޝަރަފުކޮށްދިނުމުގެ ގޮތުގައި ރަސްމިއްޔާތުތަކުގައެވެ. ކުރީގެ ސްޕެނިޝް ދިރާސާވެރިން ޝައުވެރިވީ ކޯން ފަޅާއިގެން ގޮސް ހުދު ކުލައިގެ މަލަކަށް ބަދަލުވާތަން ފެނުމުންނެވެ.
އެމެރިކާގައި ޕޮޕްކޯން މަޤުބޫލުވާން ފެށީ 1800ގެ އަހަރުތަކުގެ މެދުތެރޭގައެވެ. މެޓާތައް ވިއްކާ ފިހާރައެއްގެ ވެރިއެއް, ޗާލްސް ކްރެޓަރސް އިން ޕޮކޯން މެޝިންއެއް އުފެއްދީ ގިނައިން "ސްޓީމް" ބޭނުންކޮށްގެން ގިނައަދަދެއްގެ ޕޮކޯން އެއްފަހަރާ އުފެއްދޭ ގޮތަށެވެ. 1900 ވަނަ އަހަރު އޭނާ ޗިކާގޯގެ މަގުތަކުގައި ޕޮޕްކޯން ގާޑިޔާތައް ދުއްވަން ފެށިއެވެ.
ޕޮޕްކޯނަކީ އާންމު ގޮތެއްގައި ލުއިކާނާއެއް ގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ކަމުގައި ވީނަމަވެސް އޭގެ މެޝިން ހަރުކުރުމާއި އިމާރާތުގެ ވެންޓިލޭޝަން އަށްދާ ހަރަދު ވަރަށްވެސް ބޮޑެވެ. ނަމަވެސް ގްލެން ޑިކްސަން އެ މެޝިންތައް ސިނަމާތަކުގެ އެތެރޭގައި ހަރުކުރުމަށް ނިންމިއެވެ. މީގެ ސަބަބުން އެ މެޝިންތަކަށް ދާ ހަރަދު އަނބުރާ އަތަށް ލިބޭ ގޮތް ވެގެންދިއެވެ. އަދި އެހެން ސިނަމާތަކުން މިގޮތަށް ކަންކުރަން ފެށިއެވެ.
ޕޮޕްކޯނުން ދެން އެންމެ ބޮޑު ކުރިއެރުން ލިބިގެންދިޔައީ މައިކްރޮވޭވް އަވަންތަކަށެވެ. މައިކްރޮވޭވް އީޖާދުކުރުމާއިއެކު ލުއި ކާނާއަށް މުޅިން އާ މާކެޓެއް ހުޅުވިގެން ދިޔައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މިލިޓަރީގެ "ރޭތިއަން މެނުފެކްޗަރިން ކޯޕަރޭޝަނުން" އުފެއްދި "މެގްނެޓްރޮންސް" ޓެކްނޮލޮޖީ އިން މައިކްރޮވޭވް އަވަން އުފެއްދުމަށް ބޭނުންކުރެވުނެވެ. މިކަން މެދުވެރި ކުރުވީ ޕަރސީ ސްޕެންސަރ އެވެ. އަދި އޭނާ މައިކްރޮވޭވް އުފެއްދުމުގެ މަރުހަލާތަކުގެ ތެރެއިން ޕޮޕްކޯން ބޭނުންކޮށްގެން އެކްސްޕެރިމަންޓްކުރިއެވެ.
ބައިނަލް އަޤުވާމީ ޕޮޕްކޯން ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ އެކިކަންކޮޅުގެ މީހުން އެމީހަކަށް ކަމުދާ ގޮތަކަށް ޕޮޕްކޯން ތައްޔާރުކުރުމަށްފަހު އޭގެ ފޮޓޯއެއް ނަގާލާފައި "NationalPopcornDay# ހޭޝްޓެގް" ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޝެއާކޮށްގެން މިދުވަސް ފާހަގަކުރެއެވެ.
ޕޮޕްކޯނާއި ބެހޭ އާންމު ސުވާލާއި ޖަވާބު:
ސުވާލު: ޕޮޕް ނުކުރެވޭ "ކާރނަލް"ތަކަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟
ޖަވާބު: ޕޮޕްކޯންގެ ޕޮޕް ނުކުރެވި ހުންނަ "ކާރނަލް"ތަކަށް ކިޔަނީ "ސްޕިންސްޓަރ" ނުވަތަ "އޯލްޑް މެއިޑްސް" އެވެ.
ސުވާލު: އެންމެ ގިނައިން ޕޮޕްކޯން އުފައްދަނީ ކޮން ސްޓޭޓެއް ހެއްޔެވެ؟
ޖަވާބު: އެމެރިކާގައި އެންމެ ގިނައިން ޕޮޕްކޯން އުފައްދަނީ ނެބްރަސްކާ އިންނެވެ.
ސުވާލު: ޕޮޕްކޯންގެ ތަފާތު ވައްތަރުތައް ހުރޭ ހެއްއެވެ؟
ޖަވާބު: އާނއެކެވެ. އާންމުގޮތެއްގައި ބޭނުންކުރާ ގިނަ ޕޮޕްކޯންތަކަކީ "ބަޓަރފްލައި" ("ސްނޯފްލޭކްގެ" ނަމުން ވެސް ނަންދެވިފައިވާ) ނުވަތަ "މަޝްރޫމް" ޕޮޕްކޯން އެވެ.
