ނެޓްފިލްކްސް އަކީ އެތައް ބަޔަކު ބޭނުންކުރަމުން އަންނަ އަދި މުނިފޫހިފިލުވުމަށް އެންމެ ގިނަ ބަޔަކު ބަރޯސާވާ އެއް އެޕްލިކޭޗަނެވެ. އެ ގޮތުން މި އާޓިކަލްގަ މި ބަލާލަނީ މި ހަފްތާގައި ނެޓްފިލްކްސް ގެ ގަދަ 10 ފިލްމަށެވެ.
1-ޑޯގް ގޯން
މިއީ ވަރަށް ތަފާތު ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ އަސުރުގަދަ ފިލްމެކެވެ. މި ފިލްމުން ފެނިގެން ދަނީ ބައްޕައަކާއި ދަރިފުޅެއް އެމީހުން ވަރަށް ލޯބިން ގެންގުޅުނު ކުއްތާއެއް ގެއްލުމުން އެ ކުއްތާ ހޯދަން ކުރާ ބުރަ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން މި ދެމީހުންގެ ހީނަރުވެފައިވާ ގުޅުން ބަދަލުވެގެންދާ ގޮތްވެސް މި ފިލްމުން ފެނިގެންދެއެވެ. ސްޓީވެން ހެރެކް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ފެނިގެން ދަނީ ރޮބް ލޯ އަދި ޖޯނީ ބްރެޗްޓޯލްޓް ގެ އިތުރުން ކިމްބަރ ވިލިއަމް ޕްއިސްލީއެވެ.
2-ދަ ޕޭލް ބުލޫ އައިސް
މި ފިލްމުން ފެނިގެން ދަނީ 1830 ވަނަ އަހަރު އެމެރިކާ ގެ މިލިޓަރީ ބޭސްއެއްގައި ހިނގަމުން ދިޔަ ގަތުލު ތަކެއް ތަހުގީގު ކުރުމަށް ޑިޓެކްޓިވް އެއް ކުރާ މަސައްކަތެވެ. އޭނާގެ އެ މަސައްކަތަށް އެހީވަމުން ދިޔައީ ކެޑޭޓެއް ކަމުގައި ވާ އެޑްގަރ އެލެން ޕޯއެވެ. ފިލްމުން ފެނިގެންދާ ގޮތުގައި އެޑްގާ ފަހުންވެގެން ދަނީ މަޝްހޫރު ލިޔުން ތެރިއަކަށެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ސްކޮޓް ކޫޕާރ އެވެ. އަދި މި ފިލްމުގައި ކްރިސްޓިއަން ބޭލް، ހެރީ މެލިންގް ގެ އިތުރުން ގިލިއަން އެންޑަރސަން ފެނިގެންދެއެވެ.
3-ގްލާސް އޮނިއަން - އަ ނައިވްސް އައުޓް މިސްޓްރީ
މި ފިލްމުގައި ދުނިޔެއަށް މަސްހޫރު ޑިޓެކްޓިވްއެއް ކަމުގައި ވާ ބެނިއޮޓް ބްލަންކް އޭނާ ކުރަމުންދާ ތަހުގީގެއްގެ ތެރެއިން ގްރީސް އަށް ދެއެވެ. އޭނާ ތަހުގީގު ކުރަމުން ދަނީ ގްރީސް ގެ މަސްހޫރު ޓެކް ބިލިނަރަކާއި އޭނާ ގެ ރަހުމަތްތެރިންގެ ގްރޫޕެވެ.
4-ދަ ހެޗެޓް ވީލްޑިން ހިޗްހައިކަރ
މި ފިލްމަކީ 2013 ވަނަ އަހަރު ވައިރަލް ވެގެން ދިޔަ ވީޑިޔޯއެއް ސަބަބުން މަސްހޫރު ވެގެން ދިޔަ ކައި ލޯރެންސް ނަމަކަށް ކިޔާ މީހަކު ހީރޯއަކުން ކުށްވެރި އަކަށް ބަދަލުވެގެންދާ ގޮތް ދައްކުވައިދޭ ޑޮކިއުމަންޓްރީއެކެވެ. ކޮލިޓޭ ކެމްޑަން ޑައިރެކްޓް ކޮށްފައިވާ މި ޑޮކިއުމަންޓްރީ އިން ފެނިގެންދަނީ ހާދިސާގެ އަސްލު މަންޒަރުތަކެވެ.
5- ސިންގް 2
2021 ވަނަ އަހަރުގެ މި ކާރޓޫނުން ފެނިގެން ދަނީ ބަސްޓާ މޫން ނަމަކަށް ކިޔާ ކޯލާ ބެއާ އަކާއި އޭނާގެ ޓީމުން އެމީހުންގެ އަލަށް ފަށަން އުޅޭ ޝޯ އަކަށް ކްލޭ ކެލޯވޭ ނަމަކަށް ކިޔާ ސިންގާއެއް ގެނައުމަށް ކުރާ އެކިއެކި މަސައްކަތްތަކެވެ.
6- އައި، ތޯންޔާ
މި ފިލްމުން ފެނިގެން ދަނީ ތޯނިޔާ ހާރޑިން ނަމަކަށް ކިޔާ އައިސް ސްކޭޓަރެއް އެމެރިކާ ގެ މޮޅު އައިސް ސްކޭޓަރުންގެ ތެރޭގައި ހިނމެނުމަށް ކުރާ މަސައްކަތެވެ. އަދި އޭނާގެ އެ މަސައްކަތް ކުރިޔަށް ދިޔަ ނުދޭން އޭނާގެ ކުރީގެ ފިރިމީހާވެސް އެތައް މަސައްކަތެއް ކުރާތަން މި ފިލްމުން ފެނިގެންދެއެވެ.
7- ނެކްސްޓް އެއާ ޑޭ
މި ފިލްމުން ދައްކުވައި ދެނީ މަސްތުވާތަކެތިން ފުރިފައިވާ ދެ ޕެކޭޖް ލިބުމުން އެމީހުން އެ ބޭނުންކޮށްގެން މުއްސަނދި ވާން އުޅޭ ތަނެވެ. މިކަމުގެ ތެރެއިން އެތައް ބައެއްގެ ދިރިއުޅުމަށް މިކަމުން ކުރާ އަސަރުވެސް މި ފިލްމުން ދައްކުވައިދެއެވެ.
8- ޖުމާންޖީ - ދަ ނެކްސްޓް ލެވެލް
މި ފިލްމުގައި ދައްކުވައި ދީފައިވަނީ ގޭމެއްގެ ތެރޭގައި ސްޓަކް ވެފައިވާ ބަޔަކު އެ ގޭމްގެ ތެރެއިން ނިކުންނަން ކުރާ މަސައްކަތާއި އެ މަސައްކަތުގެ ތެރެއިން އެ މީހުންނަށް ދިމާވާ ބިރުވެރި ނުރަކާތެރި އަދި ހެއްވާ މަޖާ ކަންތައްތަކެވެ.
9-ޕުސް އިން ބޫޓްސް
މިއީ ނުކުރާ ކުށެއް ބޮލުގައި އެޅުމުން އެކަމުން ސަލާމަތް ވާން ބުޅަލެއް ކުރާ މަސައްކަތް ދައްކުވައިދޭ ކާރޓޫނެކެވެ. މި ކަމުގައި އޭނާ އަށް އެހީ ވާން އެކީގައި އުޅޭނީ އޭނާ ގެ ކުޑަ އިރުގެ އެކުވެރިއެއް ކަމުގައިވާ ބިހަކާއި އަންހެން ކުޑަ ބުޅަލެކެވެ.
10- ޑިސްކަނެކްޓް: ދަ ވެޑިންގް ޕްލޭނަރ
މި ފިލްމުން ފެނިގެން ދަނީ ސްކޭމެއް ގައި ޖެހުމަށް ފަހު މީހަކު މުހިންމު އިންވެސްޓަރެއްގެ ބޮޑު ކައިވެނި ޕާޓީއެއް ޕްލޭން ކުރަން ކުރާ މަސައްކަތެވެ. މި ކަމުގެ ތެރެއިން އޭނާއަށް ދިމާވާ ދަތިތަކާއި އުނދަގޫތައް މި ފިލްމުން ވަރަށް ވެސް ރީތިކޮށް ދައްކުވައިދީފައިވެއެވެ.
