މިދިޔަ އަހަރުގެ ނިމިގެންދިޔައިރު ގިނަ ޒުވާނުން ދައްކަމުން ދިޔައީ "ވެނިސްޑޭ" ގެ ވާހަކައެވެ. "ވެނިސްޑޭ" އޭ ބުނުމުން އެންމެ ފުރަތަމަ ބޮލަށް ވަންނާނީ ހަފްތާގެ ބުދަ ދުވަހެއެވެ. ނަމަވެސް މި ދައްކަނީ ބުދަ ދުވަހުގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނެޓްފްލިކްސް އިން ނެރުން އާންމުންގެ ތެރޭގައި ބޮޑު މަގްބޫލު ކަމެއް ހޯދި ނެޓްފްލިކްސް ސީރީޒް "ވެނިސްޑޭ"ގެ ވާހަކައެވެ.

މި ސީރީޒް އަކީ 1991 ވަނަ އަހަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބިރުވެރި އަދި މަޖާ ފިލްމެއް ކަމުގައި "ދި އެޑަމްސް ފެމިލީ" ގައި ފެނިގެންދާ ވެނިސްޑޭ އެޑަމް އަށް ބިނާކޮށް ހަދާފައިވާ 8 އެޕިސޯޑްގެ ވެބް ސީރީޒް އެކެވެ. ރޫމޭނިއާގައި ކުޅެފައިވާ މި ސީރީޒް ވެގެން ގޮސްފައިވަނީ 2 ވަނަ އަށް އެންމެ ގިނަ މީހުން ބެލި އިނގިރޭސި ބަހުގެ ސީރީޒް އަށެވެ.

މިހާތަނަށް ދެ ގޯލްޑަން ގްލޯބަކަށް މި ސީރީޒް ނޮމިނޭޓް ވެފައިވެއެވެ. އެއީ ބެސްޓް ޓެލެވިޜަން ސީރީޒް (ކޮމެޑީ/ މިއުޒިކަލް) އަދި ބެސްޓް އެކްޓްރެސް (ޓެލެވިޜަން ސީރީޒް ކޮމެޑި/ މިއުޒިކަލް) އެވެ. މި ސީރީޒްގެ ކެރެކްޓާސް ބިނާވެފައި ވަނީ ޗާލްސް އެޑަމްގެ ހިޔާލީ ވާހަކައެއްގެ ކެރެކްޓާސް އަށެވެ. މި ސީރީޒް އަލްފްރެޑް ގޯފް އަދި މައިލްސް މިލާރް ކްރިއޭޓްކޮށްފައިވާއިރު މި ސީރީޒް ގެ 4 އެޕިސޯޑެއް ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ ޓިމް ބާރޓަންއެވެ. މި ސީރީޒްގެ މިއުޒިކް ހަދާފައިވަނީ ޑެނީ އެލްފްމެން އަދި ކްރިސް ބެކޮންއެވެ.

މި ސީރީޒް ގައި ވެނިސްޑޭ އެޑަމްގެ ގޮތުގައި ފެނިގެންދަނީ ޖެނާ އޮރޓެގާއެވެ. ޖެނާ ގެ އިތުރުން މި ސީރީޒް ގައި ގްވެންޑޯލިން ކްރިސްޓީ، ރިކީ ލިންޑްހޮމް، ޖޭމީ މެކްސޭން، ހަންޓާރ ޑޫހަން، ޕާރްސީ ހޭންސް އަދި އެމާ މެޔާރސް ގެ އިތުރުން އެތައް ތަރިންނެއް ފެނިގެންދެއެވެ.

މި ސީރީޒް އިން ދައްކުވައިދެނީ ވެނިސްޑޭ އޭނާ ކުރިން އުޅުން ސްކޫލުން ބޭރުކޮށްލުމުން އެހެން ބޯޑިން ސްކޫލަކަށް ވައްދާތަނެވެ. މި ސްކޫލުގައި އުޅޭނީ ވެއާރ ވުލްފް އަދި ވެމްފަޔަރަސް ކަހަލަ އެއްޗިއްސެވެ. މި ސްކޫލުގެ ތެރޭގައި ކުދިންތަކެއް މަރަމުން ދިޔަނަމަވެސް އެއީ ކާކު ކުރާ ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. މި ސީރީޒް އިން ދައްކުވައިދެނީ ވެނިސްޑޭ އޭނާ އަށް ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށްގެން އެކަން ކުރާ މީހެއް ހޯދަން ކުރާ މަސައްކަތާއި މި މަސައްކަތުގެ ތެރެއިން އޭނާ އާއި ކުރިމަތިލާން ޖެހިފައިވާ އުނދަގޫތަކާއި ނުރައްކާތަކެވެ.

މި ސީރީޒް ގައި ޖެނާ ވެނިސްޑޭ ގެ ރޯލް އަދާ ކޮށްފައިވާލެއް މޮޅުކަމުން ގިނަބަޔެއްގެ ތައުރީފް ވަނީ ޖެނާ އަށް މިހާތަނަށް ލިބިފައިއެވެ. މި ސީރީޒް ގެ ސީޒަން 2 މި އަހަރު ތެރޭގައި ނެރޭނެކަމަށް މި ފިލްމުގެ ޕްރޮޑަކްސަން ޓީމުން ވަނީ ބުނެފައިއެވެ.