ބާރަތު ބަޔޯޓެކްގެ ނޭފަތުގެ ކޯވިޑް-19 ވެކްސިން އައިއެންކޯވާސީ ޖެނުއަރީ 26 ގައި ތައާރަފްކުރާނެ ކަމަށް ހޮނިހިރު ދުވަހު ބޭއްވި ހަފްލާއެއްގައި އެކުންފުނީގެ އެގްޒެކެޓިވް ޗެއާމަން ކްރިޝްނާ އެލާ ވިދާޅުވިއެވެ. 

 

މިވެކްސިން ގެ ޕްރައިމަރީ ދެ ޑޯޒް ޝެޑިއުލްޑް ގޮތުގައި ބޭނުން ކުރުމަށާއި ހެޓެރޮލޮގަސް ބޫސްޓާ ޑޯޒްގެ ގޮތުގައި ބޭނުން ކުރުމަށްވަނީ ހުއްދަ ލިބިފައިއެވެ.

 

އިންޓްރާމަސްކިއުލަރ ކޮރޯނާ ވައިރަސް އިނޮކިއުލޭޝަން ކޮވެކްސިން އުފެއްދި ބޭސް ކުންފުނިން ވަނީ ނޭފަތުގެ ޒަރީއާއިން ދޭ އެ ކުންފުނީގެ ވެކްސިން ޖެނުއަރީ މަހުގެ ހަތަރު ވަނަ ހަފްތާގައި ތައާރަފް ކުރާނެ ކަމަށް ކުރިން ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ. ނަމަވެސް އޭރު ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

 

ނޭފަތުގެ ވެކްސިންގެ ކްލިނިކަލް ޓްރައަލްތައް ނުވަ ތަނެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، 875 މީހުން ބައިވެރިކުރިއެވެ. މި ވެކްސިން އުފެއްދީ ސެއިންޓް ލުއިސްގައި ހުންނަ ވޮޝިންޓަން ޔުނިވާސިޓީއާ ގުޅިގެންނެވެ.

 

ބާރަތު ބަޔޯޓެކް އިން ހާމަކޮށްފައިވާ ގޮތުގައި މަރުކަޒީ އަދި ސްޓޭޓް ސަރުކާރުތަކުން ޑޯޒަކަށް 325 އިންޑިއާ ރުޕީޒް އަދި އަމިއްލަ ވެކްސިން ސެންޓަރުތަކުގައި 800 ރުޕީޒްއަށް މިވެކްސިން ލިބެން ހުންނާނެއެވެ. މި ވެކްސިން ތައާރަފްކުރާނީ ޕްރައިމަރީ ވެކްސިން ޑޯޒް ގެ އިތުރުން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޝޮޓެއްގެ ގޮތުގަ އެވެ. އެއީ 28 ދުވަހުގެ ފަރަގެއްގައި ދެ ފަހަރު މަތިން ދެވޭ ވެކްސިންއެއްގެ ގޮތުގައެވެ.

 

މިވެކްސިން ވަނީ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޮގަނައިޒޭޝަނުން މިދިޔަ ޑިސެމްބަރު މަހު ފާސްކޮށްފަ އެވެ. އެ މަހުގެ ފަހުކޮޅު އިންޑިއާގެ ޓެކްނިކަލް އެކްސްޕާޓް ކޮމިޓީ އޮން އިމިއުނައިޒޭޝަން، ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން އިން ލަފާދީފައި ވަނީ ބޮޑެތި މީހުންނަށް ބޫސްޓަރެއްގެ ގޮތުގައި ނަގާ "ޕްރިކޯޝަނަރީ ޑޯޒް" ތަކުގެ ތެރެއިން އެއް ޑޯޒްގެ ގޮތުގައި ހިމަނާށެވެ.