ފެށުނީއްސުރެން ދިވެހިންނަކީ ހިކިކިރާއި ދިޔާ ކިިރުގެ ބާވަތްތައް ބޭނުންކުރަމުން އަންނަބައެކެވެ. އެހެންކަމުން އެންކަރ މިލްކް ކޯސްޓް ކިރު ފަދަ ދުވަސްވީ ކިރަކީ ދިވެހިން އެބާވަތަކަށް އާދަވެފައިވާ ކިރުގެ ބްރޭންޑް ތަކެވެ. ދާދިފަހުން ތަކެތީގެ އަގަށް ބަދަލު އަންނަމުން ގޮސް ދިވެހިންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ކޯސްޓް ކިރުގެ އަގު މިވަނީ އަތްނުފޯރާ ހިސާބަށް އުފުލިފައެވެ.
ނަމަވެސް އުފާވެރި ޙަބަރަކީ މިއަދު ކޯސްޓް ކިރާއި ނުލާ އުޅެވެން އެބައޮތްކަމެވެ. ޒަމާނާ އެއްގޮތަށް އިންސާނާ ބަދަލު ވަމުން ދާއިރު ޒަމާނީ އުފެއްދުމަކަށް ކިރުގެ ބްރޭންޑް ބަދަލު ކޮށް ނުލާންވީ ސަބަބެއް ނެތެވެ. ޓެކްނޮލޮޖީގެ އައު އުފެއްދުމެއް ބާޒާރަށް ނެރޭއުރަށް ގަންނަން ޝައުގެވެރިވާ ފަދައިން، ހަށިގަނޑަށް ފައިދާ ކުރާ އެތައް ގިނަ މާއްދާއެއް އެކުލެވޭ ރަހަމީރު ކިރުގެ ބްރޭންޑަކަށް ބަދަލު ކޮށްނުލާންވީ ފަހެ ކީއްވެތޯއެވެ؟

އެސްޓީއޯއިން ރާއްޖެ އެތެރެ ކޮށް މާކެޓް ކުރަމުންދާ ޑެވޮންޑޭލް ކިރު ތަފާތެވެ. ސަބަބަކީ؛
ޑެވޮންޑޭލް މުރޭ ގޯލްބަރން (އެމްޖީ) އިން އެވޯޑް ލިބިފައިވާ ޑެވޮންޑޭލް ބްރޭންޑްޑް ޑެއިލީ ޕެސްޗަރައިޒްޑް ކިރު 2014 ވަނަ އަހަރު ތައާރަފްކުރިއިރު، އެކުންފުނިން ކިރު އުފައްދަނީ ފަރުވާތެރިކަމާއި ލޯތްބާއި ސަމާލުކަމާއެކު ކަމުގައި ވާތީ ކިރު އުފައްދާ ދަނޑުވެރިން އެ ކިރު ވިއްކާ ކުންފުނި ކޮންޓްރޯލް ކުރާތީއެވެ. އަދި މިކިރު އުފައްދަނީ މެލްބަންގެ ލަވަރޓަން އަދި ހުޅަނގު ސިޑްނީގެ އެރސްކިން ޕާކުގައި ހުންނަ އެމްޖީގެ އެންމެ ޒަމާނީ ޗިލްޑް ކިރު ޕްރޮސެސިން ޕްލާންޓްތަކުގައި ކަމަށް ވާތީއެވެ.
"ޖަނަވާރުތަކަށް އަނިޔާވާ ކޮންމެ އަމަލަކަށް އަޅުގަނޑުމެންގެ ޒީރޯ ޓޮލަރެންސް ޕޮލިސީއެއް އެބައޮތް. އަޅުގަނޑުމެންގެ ސަޕްލައިއަރ ކޯޑް އޮފް ކޮންޑަކްޓް، އިންޑަސްޓްރީގެ ގަވާއިދުތަކާއި ކޯޑްސް އޮފް ޕްރެކްޓިސް މެދުވެރިކޮށް އަޅުގަނޑުމެންގެ ޖަނަވާރުތަކަށް ފަރުވާ ދިނުމުގެ މިންގަނޑުތަކަށް ތަބާވާކަން ކަށަވަރުކުރަމެވެ. އަޅުގަނޑުމެން މިވަނީ އެނިމަލް ވެލްފެއާ ޕޮލިސީއާ ހިލާފުވެފައިވާ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި ފައިދާހުރި ގޮތެއްގައި ކުރިމަތިލުމަށް ސަޕްލައި ކުރާ ފަރާތްތަކާއި އޮތޯރިޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ސާފު ޕްރޮޓޮކޯލެއް ގާއިމްކޮށްފައެވެ. އަޅުގަނޑުމެންގެ އަމާޒަކީ، ދުނިޔޭގެ ފެންވަރުގެ ޑެއިރީ ޕްރޮސެސަރަކަށް ވުމާއި، އަޅުގަނޑުމެންގެ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް އެންމެ ކުޑަކުރުމަށް މަސައްކަތް ކުރުން." އެ ކުންފުނިން ބުންޏެވެ.
ކިރަކީ ކެލްސިއަމްގެ ބޮޑު މަސްދަރެއް ކަމީ ސިއްރެއް ނޫން ނަމަވެސް، އޭގެ އިތުރުން ވިޓަމިން އޭ، ވިޓަމިން ބީ12، އަޔޮޑިން، ރައިބޯފްލެވިން، ޕޮޓޭސިއަމް، މެގްނީޒިއަމް، ޒިންކް، ފޮސްފަރަސް، ކާބޯހައިޑްރޭޓް އަދި މަތީ ފެންވަރުގެ ޕްރޮޓީން ވެސް ކިރުގައި އެކުލެވެން ޖެހެއެވެ. އެހެންކަމުން ޑެވޮންޑޭލް އަކީ ހަށިގަނޑަށް ފައިދާ ހުރި އެތައްގިނަމާއްދާ އެއް އެކުލެވޭ، ޖީބަށް ލުއި ރަހަމީރު ކިރެކެވެ.
ރާއްޖޭގައި މިކިރުގެ އެކިވައްތަރު ލިބެން ހުންނަކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި ޑެވޮންޑޭލް ސްކިމް މިލްކް, ފުލްކްރީމް މިލްކް، ސެމީ ސްކިމް މިލްކް، އަދި ސްމާރޓް ކެލްސިއަމް މިލްކް ވެސް ހިމެނެއެވެ.
ވީމާ ހުރިހާ އަގުބޮޑެތި ކިރުގެ ބާވަތްތައް ކެންސަލްކޮށް މީރު ފައިދާ ހުރި ޒަމާނީ އުފެއްދުމެއް އިޚްތިޔާރު ކުރުން ކިހިނެއްތޯ؟
