ބޮލީވުޑް ސުޕަރސްޓަރ ސަލްމާން ޚާނަށް ފަހަކަށް އައިސް ރަނގަޅު ސްކްރިޕްޓެއް ނުލިބޭ ކަމަށް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައެވެ. 

"ގާންދީ ގޯދްސޭ - އޭކް ޔޫދް"ގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ ރާޖްކުމާރު ބުނެފައިވަނީ ސަލްމާން ޚާނަކީ މޮޅު އަދި ކުޅަދާނަ އެކްޓަރެއް ކަމަށެވެ. އަދި އޭނާ ވަނީ "ބަޖްރަންގީ ބައިޖާން" އިން އެކަން ސާބިތުކޮށްދީފައިކަން ވެސް ރާޖްކުމާރު ވަނީ ބުނެފައެވެ. އަދި އޭނާއަކީ ކޮންމެ ކަހަލަ ކެެރެކްޓަރއަކަށް ވެސް ފެތޭ އެކްޓަރެއް ކަން ވެސް ފާހަގަކޮށްފައިވެއެވެ. 

"އޭނާގެ ފެންވަރާ އަޅާ ބަލައިފައި މޮޅު ސްކްރިޕްޓެއް ޙަޤީޤަތުގައި ނުލިބޭ! އެހެންވީމާ ސަލްމާނާއެކު ވަރުގަދަ ފިލްމެއް ހެދުމަށް އެބަ ގަސްދުކުރަން..!" ރާޖްކުމާރު ބުނެފައިވެއެވެ.

މީގެ ކުރިން ރާޖްކުމާރު ސަންތޯޝީގެ "އަންދާޒް އަޕްނާ އަޕްނާ"ގައި އާމިރު ޚާނާއެކު ވެސް ސަލްމާން ވަނީ މަސައްކަތްކޮށްފައެވެ. 

Andaz Apna Apna Movie: Review | Release Date (1994) | Songs | Music |  Images | Official Trailers | Videos | Photos | News - Bollywood Hungama

ރާޖްކުމާރު ސަންތޯޝީގެ ކުރިއަށް އޮތް ފިލްމު "ގާންދީ ގޯދްސޭ - އޭކް ޔޫދް" ބޮކްސް އޮފީހުގައި ޝާހްރުކްގެ "ޕަޓާން"އާ ކްލޭޝްވާނެއެވެ. އެއީ މި 2 ފިލްމު ވެސް ރިލީޒްކުރާނީ ދާދި ގާތްގާތުގައި ކަމަށްވާތީއެވެ. 

"ގާންދީ ގޯދްސޭ - އޭކް ޔޫދް"އަކީ މަހާތުމާ ގާންދީއަށް ދިމާވި ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ. މި ފިލްމުގައި ޕަވަން ޗޯޕްރާއާއި ދީޕަކް އަންތާނީގެ އިތުރުން އަނޫޖް ސައިނީ ފެނިގެންދާނެއެވެ.