ކ މާފުށީ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން، އެމްޓީސިސީ އާ ހަވާލުކުރީ 82.6 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން 28،836 ކިއުބިކް މީޓަރު ބަނދަރު ފުންކޮށް، 63،711 ކިއުބިކް މީޓަރު އާ ބަނދަރު ފުންކޮށް، 4،414 ކިއުބިކް މީޓަރު ނެރު ފުންކުރާނެ އެވެ. އަދި 31 މީޓަރު ބޭރު ތޮށި ޖަހާނެ އެވެ.
މީގެ އިތުރުން ސޭންޑް ފިލް ބްރޭކްވޯޓާ ޖަހާ، 64 މީޓަރު ރިވެޓްމެންޓް ޖަހާ، 700 މީޓަރު ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާ، 374 މީޓަރު އެއްގަމު ތޮށި ޖެހުން ވެސް ހިމެނެ އެވެ.
މި މަޝްރޫއުގައި 367 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 73 މޫރިން ރިންގް ހަރުކުރުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 1،869 އަކަ މީޓަރުގެ ޕޭވްމެންޓްއެއް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެ އެވެ. އަދި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި 12 މީޓަރުގެ ތިން ކޮންކްރީޓް ބްރިޖާއި 80 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީ ހެދުމުގެ އިތުރުން 33 މަގު ބައްތި ހަރުކުރާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
