މިއަދު އިންސްޓަގްރާމް ސްކްރޯލް ކުރަމުން ދާއިރުމާގަދައަށް ރަތްކުލައިގެ މީހަކު ފެންނަ ކަމަށް ވާނަމަނަމަ، ފަހަރެއްގައި ތިފެންނަނީ ޝިއާޕަރެލީ ޝޯއަށް ޑޯޖާ ކެޓް ދާންކުރި މޭކަޕެވެ.. ޑޯޖާ ކެޓްގެ ފެޝަން ވީކް ގެ ތައްޔާރުވުމަކަށް ފުލް އޮން ރެޑް ބޮޑީ ކްރިސްޓަލްސް - ސީދާ ބުނާނަމަ 30،000 ސްވަރޮވްސްކީ ކްރިސްޓަލްސް ވަނީ ތަތްކޮށްފައެވެ. ލަވަކިޔުންތެރިޔާގެ މުޅި ބޮލާއި މޫނާއި އަތްތިލަ ފަންނުވެރިކަމާއެކު ރަތްކުލައިން ޖަރީކޮށްފައިވަނީ ވަނީ އޭނާގެ އަލިފާންފަދަ ރަތް ޝިއާޕަރެލީ ހެދުމާއި އެއްގޮތަށެވެ

ޕެރިސް ކޫޗާ ހަފްތާގައި ރަންވޭގައި، މަގުމަތީގައި އަދި ޚާއްސަކޮށް މަޝްހޫރު ފަރާތްތަކުގެ މެދުގައި ފެޝަންގެ އުސްމިން ހާމަވާއިރު، ޝިއާޕަރެލީ ޝޯއިން އަބަދުވެސް ޑްރާމާ ފިޔަވަޅެއް އިތުރަށް ކުރިއަށް އަޅައެވެ. ޝިއާޕަރެލީގެ ފަހަތުގައި މިހާރު ހުރި ޑިޒައިނަރު ޑޭނިއަލް ރޮސްބެރީ އަކީ އޭނާގެ ޑިޒައިންތަކުގައި ސްކަލްޕްޗަރަލް އެލިމެންޓްތައް ހިމަނާފައިވާ މީހެއް ކަމުން އާޓާއި މޮޑެލްތަކާ ދެމެދު ތަފާތެއް ނެތެވެ.

މި ސީޒަނުގައި ޝިއާޕަރެލީ ކަލެކްޝަންގައި ޑާންޓޭގެ އިންފަރނޯ އިން އަސްލެއްކަމަށް ބަލާފައިވާއިރު، ރަން މޫނުގެ މޮޑެލްތަކާއި، ވަލުޖަނަވާރު ގޮތަށް އަސްލާއެއްްގޮތް ޖަނަވާރުގެ ބޮލުން ޒީނަތްތެރިކޮށްފައިވާ ފޯކްސް ކެހެރި ގައުންތައް ހިމެނެއެވެ. ކުރިމަތީ ސަފުގައި އިށީނދެގެން އިން ޑޯޖާ ކެޓް ޝޯއަށް އުނިއިތުރެއް ގެނެސްދިނީ އިންފަރނޯގެ އަލިފާންގަނޑު ފަދައިން ވިދާލާފައިވާ އޭނާގެ ރަތް ކްރިސްޓަލްތަކުންނެވެ.

މިތަފާތު ރެޑް ހޮޓް ލޫކް ހޯދުމަށްޓަކައި ޑޯޖާ ކެޓް ޕާޓްނަރޝިޕް ހަދައިފައިވަނީ ރަންވޭގައި މޮޑެލްގެ ހުރިހާ މޭކަޕެއް ހެދުމުގެ ޒިންމާ އުފުލާ މޭކަޕް އާޓިސްޓް ޕެޓް މެކްގްރާތު އާ އެކުގަ އެވެ. މެކްގްރާތު ވަނީ ޑޯޖާ ކެޓްއާ އެކު މަސައްކަތް ކުރުމަށް ހަތަރު ގަޑިއިރަށް ވުރެ ގިނަ ގަޑިއިރު ކަނޑައަޅައި ލަވަކިޔުންތެރިޔާގެ ހަށިގަނޑު ރަތް ކުލައާއި ކްރިސްޓަލްތަކުން ނިވާކޮށްފަ އެވެ. ރަނގަޅަށް ބަލާލިޔަސް ޑޯޖާ ކެޓްގެ ލޮލުގެ ކަޅިން ފެށިގެން އިނގިލީގެ ނިޔަފަތިތަކާ ހަމައަށް އެންމެ ކުދިކުދި ފަށަލަތައް ވެސް ކްރިސްޓަލްތަކުން ނިވާކޮށްފައިވާތަން ފެންނާނެ އެވެ.

ޕެޓް މެކްގްރާތު އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ފައިނަލް ނަތީޖާ ޕޯސްޓް ކުރަމުން ބުނީ، “30،000 އަށް ވުރެ ގިނަ އަތުން ޖަހާފައިވާ ސްވަރޮއުސްކީ ކްރިސްޓަލްސް އިން ފޮރުވާލާފައިވާ އުފެއްދުމަށް ހޭދަވި 4 ގަޑިއިރާއި 58 މިނެޓުގެ ތެރޭގައި ޑޯޖާގެ ކެތްތެރިކަން އިންސްޕަޔަރ ކުރި ކަމަށެވެ. ފައިނަލް ޕްރޮޑަކްޓަކީ ސްޕާކްލިން ބްރިލިއަންސްގެ ސިހުރުވެރި، މެސްމެރިޒިން މާސްޓަރޕީސްއެކެވެ”.

އެކްސެސަރީސް އަށް ޑޯޖާ ކެޓް ބޭނުންކުރީ ރަތް އަދި ރަން ކުލައިގެ ޖެމް ސްޓޭޓްމަންޓް ކަންފަތުލާ މުދީގެ ބޮޑު ޖޯޑެއް ކަމަށާއި، ފަހަކަށް އައިސް ރެޑް ކާޕެޓުން އަޅުގަނޑުމެންނަށް ފެންނަ “ނޯ ނެކްލެސް” ނުވަތަ ކަރުގައި ގަހަނާ ނާޅާ ޓްރެންޑާ ގުޅުވާފައިވާ ކަން ފާހަގަވިއެވެ.