ސޮނީ އަދި މައިކްރޯސޮފްޓް ގެ ނެކްސްޓް ޖެން ގޭމިންގ ކޮންސޯލްތައް މިހާރު ގޭގައި ގެންގުޅޭ ޓީވީ އަށް ގުޅައިގެން ވެސް ގޭމް ކުޅެލެވިދާނެއެވެ. އެކަމަކު މިއުފެއްދުންތަކުގެ ގްރެފިކްސް އެންމެ ފުރިހަމައަށް ބޭނުންކުރަންޔާ ޓީވީ އަޕްގްރޭޑް ކޮށްލަންޖެހިދާނެއެވެ.
އަލަށް ނެރޭ ޕްލޭ ސްޓޭޝަން 5، އެކްސް ބޮކްސް ސީރީޒް އެކްސް އަދި އެކްސްބޮކްސް ސީރީޒް އެސް ފަދަ ގޭމިންގ ކޮންސޯލްތައް އުފައްދާފައިވަނީ ވަރަށް ފުރިހަމަ އަދި މުޅިން އާ ވަރަށް ކޮލިޓީ ގްރެފިކްސްތަކާއި އެކުއެވެ. ޒަމާނީ ގިނަ ޓީވީ އަކީ އަލްޓްރާ އެޗްޑީ 4ކޭ ރިޒޮލިއުޝަން ޓީވީ ކަމުގައި ވިޔަސް، ފަހުގެ ޓީވީ ތަކުގައި ހުންނަ 120 އެފްޕީއެސް އަދި ވޭރިއަބަލް ރިފްރެޝް ރޭޓްގެ އެހީގައި ގޭމްކުޅެމުންދާއިރު މަންޒަރު އޮމާންކަމާއި ސާފުކަމާއެކު މާފުރިހަމައަށް ކުޅެލެވެއެވެ.

ސީނެޓުން ފާހަގަކުރާގޮތުގައި އެންމެ ކަމުދާ ޓީވީ އަކަށްވެފައި މިވަނީ އެލްޖީގެ އުފެއްދުމެއްކަމަށްވާ އޯލެޑްސީއެކްސްޕީ ސީރީޒް ގެ ޓީވީއެކެވެ. 2020 ގެ އެލްޖީ ސީއެކްސް އަކީ އަލަށް ތައާރަފްކުރާ ގޭމިންގ ކޮންސޯލްތަކަށް އެންމެ ކަމުދާ ޓީވީގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ. މިޓީވީއިން 1080 ޕީ އިންޕުޓް ލޭގް (ކޮންސޯލްއިން ޓީވީއަށް ފޮޓޯ ފޮނުވައިދޭ ވަގުތު) އަކީ 14 މިލިސިކުންތެވެ. އަދި 4 ކޭ އެޗްޑީއާރް އިންޕުޓް ލޭގް އަކީ ވެސް 14 މިލިސިކުންތެވެ.

ދެވަނަ އަށް ފާހަގަ ކޮށްލެވޭ ޓީވީ އަކީ އަގުގެގޮތުން ބަލާއިރު ވަރަށް އަގުހެޔޮކޮށް ބާޒާރުގައި ލިބެން ހުންނަ ޓީސީއެލް ގެ ސީރީޒް 6 ގެ ޓީވީއެވެ. މިޓީވީގެ 1080 ޕީ އިންޕުޓް ލޭގް 18 މިލިސިކުންތު ހިމެނޭއިރު 4 ކޭ އެޗްޑީއާރް ކޮލިޓީގެ އިންޕުޓްލޭގް އުޅެނީ 19 މިލި ސިކުންތުގައެވެ. މިޓީވީ ފާހަގަ ކުރެވިފައިމިވަނީ މަދު އިންޕުޓް ލޭގް އަކުން ސާފު ކޮށް މަންޒަރު ބަލާލެވޭ ޓީވީއެއްގެ ގޮތުގައެވެ.

އަދި ތިންވަނަ އަށް ފާހަގަކުރެވިފައި މިވަނީ ސޮނީގެ އެކްސް ބީ އާރް އެކްސް 900 އެޗް ސީރީޒް ގެ ޓީވީއެވެ. މިޓީވީ އަކީ ފުލް 4 ކޭ އަދި 120 ހަރޓްޒް އެޗްޓީއެމްއައި އިންޕުޓް ކުރެވޭ ޓީވީއެކެވެ. މިޓީވީގެ 1080 ޕީ އިންޕުޓްލޭގް 16 މިލި ސިކުންތުގައި އުޅޭއިރު 4 ކޭ އެޗްޑީއާރް އިންޕުޓް އުޅެނީ 15 މިލި ސިކުންތިގައެވެ.
