ޝާހްރުކް ޚާން، ދީޕިކާ ޕަޑޫކޯން، އަދި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ ޕަޓާން އަކީ މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. މި ފިލްމަކީ ޝާހްރުކް ޚާން 4 އަހަރަށް ފަހު ބޮޑު ސްކްރީނަށް އައުން ފާހަގަ ކުރާ ފިލްމެވެ.
ޕަޓާން ރިލީޒް ކުރަން ބާކީ އޮތީ އެންމެ ދުވަސް ކަމަށްވާއިރު، ސަޕޯޓަރުންގެ މެދުގައި އޮތް ފޯރި މިހާރު ވަނީ އެންމެ އިންތިހާއަށް ހިފާލާފައެވެ. އަދި މިހާރު، ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި އެކު ހިއްސާކޮށްފައިވާ ފޮޓޯއަކާއި އެކު މި ފޯރި ވަނީ އިންތިހާއަށް ގަދަވެފައެވެ.
މީޒާން ޖެފްރީ، އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި އޭނާ ފެންނަނީ ސަލްމާން ޚާން އާއި ޝާހްރުކް ޚާން އާއި އެކުގައި ހުރި ތަނެވެ.
ޕަޓާން ރިލީޒް ކުރުމުގެ ކުރިން، ސަލްމާނާއި ޝާހްރުކް ޚާން އެއް ފްރޭމެއްގައި ފެނުމުން ފޭނުން ތިބީ އިންތިހާ އަށް ފޯރި އަރާފައެވެ.
ޝާހްރުކް ޚާން، ދީޕިކާ ޕަޑޫކޯން އަދި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ ޕަޓާން އަކީ އިންޑިއާގެ އެންމެ ބޮޑު އެކްޝަން ސްޕެކްޓަކަލްތަކުގެ ތެރޭގައި ހިމެނޭނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މިއީ 2012 ވަނަ އަހަރު އެކް ތާ ޓައިގާ އިން ފެށި އަދިއްތިޔާ ޗޯޕްރާގެ ޖާސޫސީ ސިނެމެޓިކް ޔުނިވާސްގެ ބައެކެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަދު ހިންދީ، ތަމަޅަ، އަދި ޓެލަގޫ ބަހުން ކަމަށް މައުލޫމާތު ލިބެއެވެ.
