މި ފަސޭހަ ސްކިލެޓް ޕޮޓޭޓޯ ރެސިޕީ އަކީ ހާރބް އާއި ބަޓަރު ލައިގެން ތަވާގައި ތެލުލައިގެން ސައިޑް ޑިޝްއެއްގެ ގޮތުގައި ތައްޔާރުކުރެވިދާނެ މީރުއެއްޗެކެވެ. ކްރީމީ ޔޫކޮން ގޯލްޑް ޕޮޓޭޓޯ އަކީ ޝެލޮޓްސް އާއި ލޮނުމެދު ކޮޅަކާއި އެކު ހަނާކޮށްގެން ޓެކްސްޗަރ އާއި ރަހަ އެންމެ ފުރިހަމައަށް ލިބޭ އެއްޗެކެވެ.
ތެލުލުމުގެ ކުރިން އަލުވި ކައްކައިގެން މަޑުކުރަން ޖެހޭ ހެއްޔެވެ؟
މި ރެސިޕީގައި އަލުވު ފެނުކައްކާކަށް ނެޖެހޭނެއެވެ. މިއީ އެންމެ ތެއްޔެއް ނުވަތަ ސްކިލެޓެއް ބޭނުންކޮށްލައިގެން ވަރަށް އަވަހަށް އަދި ފަސޭހައިން ތައްޔާރު ކުރެވޭނެ ޑިޝްއެކެވެ.
ފެނު ކައްކާލުމުގެ ބަދަލުގައި ސްކިލެޓަށް އަލުވިކޮޅު އަޅާފައި ރަނގަޅަށް ފިޓްވާ މަތިގަނޑަކުން މަތިޖަހާލާށެވެ. މި އުސޫލުގެ ސަބަބުން އަލުވީގެ ގުދުރަތީ ތެތްކަން ބޭރުވުމުން ހޫނު މާހައުލެއް ތަވާތެރޭ އުފެދެއެވެ. ގާތްގަނޑަކަށް 10 މިނެޓް މިގޮތަށް ކައްކާލުމުން އަލުވިކޮޅު އެތެރެ މަޑު ވެފައި ބޭރު ބްރައުން އަދި ކްރިސްޕީ ވާން ފަށައެވެ.

ބޭނުންވާ ތަކެތި
1 1⁄2 ކިލޯ ކުދި އަލުވި ދެބައިކޮށް ކޮށާފައި
1⁄4 ޖޯޑު އެކްސްޓްރާ ވާޖިން އޮލިވް އޮއިލް،
3⁄4 ސައިސަމުސާ ލޮނު
1⁄2 ސައިސަމުސާ އަސޭމިރުސް
1⁄2 ޖޯޑު ޝެލޮޓްސް،ކޮށާފަ
3 ލޮނުމެދު ތުނިކޮށް ކޮށާފައި
1 މޭޒުމަތީ ސަމުސާ ލޮނު ނުލާ (އަންސޯލްޓެޑް) ބަޓަރު
1 ސައިސަމުސާ ކޮށާފައި ހުންނަ ތާޒާ ނުވަތަ ޑްރައި ތައިމް
1 ސައިސަމުސާ ކޮށާފައި ހުންނަ ތާޒާ ނުވަތަ ޑްރައި ރޯޒްމެރީ
1 ސައިސަމުސާ ކޮށާފައި ހުންނަ ޕާސްލީ
ތައްޔާރުކުރާނެ ގޮތް
1. އަލުވީގެ ރަހަ ހެޔޮވަރުކޮށްލަން ސީޒަންކުރުން
މެދު ސައިޒުގެ ތައްޓެއްގައި 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެލާއި، ލޮނު، އަދި އަސޭމިރުސް އަޅާފައި އެއްކޮށްލާށެވެ.
އެރޮމެޓިކްސް ހަނާކުރުން
12 އިންޗި ބޮޑު ކާސްޓް އަޔަން ޕޭން ނުވަތަ ސްކިލެޓެއް މެދު މިނެއްގައި ހޫނުކޮށްލާފަ 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަޅާށެވެ. ތެޔޮ ހޫނުވުމުން ކޮށާފައިހުރި ޝެލޮޓްސް އަޅާފައި ރޯފިލަންދެން ކައްކާލާށެވެ. އެއަށްފަހު ލޮނުމެދު ކޮޅު އަޅާފައި ރޯފިލާނަދެން ހަނާ/ރަތް ކުރާށެވެ. ރޯފިލާ ނިމުމުން ފިޔާ ލޮނުމެދުގެ ވަސްގަނޑު ގަދަޔަށް ނިކުންނާނެއެވެ.
އަލުވި ކެއްކުން
އަލުވި ސްކިލެޓަށް އަޅާ މަތި ޖެހުމަށްފަހު، ގާތްގަނޑަކަށް 10 - 12 މިނެޓް ވަންދެން މެދު ގިނީގައި އަލުވިކޮޅު ކައްކާށެވެ. ފުރަތަމަ 5 ވަރަކަށް މިނިޓްވުމުން ގިނި ތަންކޮޅެއް ގަދަކޮށްލައްޗެވެ.
10-12 މިނިޓްވުމުން މަތި ނަގާ އަލުވިކޮޅު މިކްސްކޮށްލައްޗެވެ. އެހެން ނޫނީ ކުލަ އަރާނީ ހަމައެކަނި ސްކިލެޓްގެ ފުލުގައި ޖެހިފައި ހުންނަ ބައިގަ އެކަންޏެވެ. މިގޮތަށް އަލުވި މިކްސްކުރަމުން ފުރަލަމުން އިތުރު 5-7 މިނިތް ކައްކާލާށެވެ.
ހާރބްސް އެއްކުުރުން
އަލުވި ރޯފިލާ ރީތި މުށި ރަންކުލައެއް ބޭރަށް އެރުމުން ދެން ތަވާ ތެރެއަށް ބަޓަރު ކޮޅުއަޅާ ބަޓަރު ކޮޅާއެކު އަލުވި އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ. އެއަށްފަހު ތައިމް، ރޯޒްމެރީ، އަދި ޕާސްލީ އަޅާފައި ރަނގަޅަށް އެއް ކޮށްލާށެވެ. ދެން ރަހަ ބަލާލުމަށްފަހު ރަަހަ ހެޔޮވަރުވާ ވަރަށް ލޮނު އަދި އަސޭމިރުސް އަޅާލުމުން 'ސްކިލެޓް ޕޮޓޭޓޯ ވިތް ގާރލިކް އެންޑް ހަރބްސް' ތައްޔާރުކޮށް ނިމުނީއެވެ.
ދެން ބީފް ސްޓޭކް ނުވަތަ ގްރިލްޑް/ރޯސްޓެޑް ކުކުޅާ އެކުވެސް ކާލަން ވަރަށް މީރުވާނެއެވެ.

