ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް"ގެ ޝޫޓިންގ ނިންމާލައިފިއެވެ.
ނިދމިޔަ 2022ވަނަ އަހަރުގެ އެޕްރީލް މަހު ވަނީ މި ސީރީޒްގެ ފުރަތަމަ ޓީޒާ ދޫކޮށްލައިފައެވެ. އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ޝޫޓިިންގ ނިންމާލެވިއްޖެކަން ހާމަކޮށް، މި ސީރީޒްގެ މައިގަނޑު ރޯލަކުން ފެނިގެންދާ ޝިލްޕާ ޝެޓީ ވަނީ އިއްޔެގެ ވަޤުތެއްގައި އިންސްޓަގްރާމުގައި ޕޯސްޓެއް ވެސް ކޮށްފައެވެ.
ސީރީޒްގެ އެންމެ ފަހު ޝޮޓްތައް އިންޑިއާގެ ހައިދްރާބާދުގައި ނަގާފައިވާއިރު ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާ ސިދާތު މަލްހޯތުރާ ވެސް ވަނީ މިކަމާ ގުޅޭ ޓްވީޓެއް ކޮށްފައެވެ.
It’s a wrap ! ??
— Sidharth Malhotra (@SidMalhotra) January 23, 2023
What a pleasure it was to work with #RohitShetty sir! Can’t wait for you guys to witness an action packed series like none before. He has an incredibly hard working, honest and a warm team. pic.twitter.com/mZ2oP2oBe7
މިސީރީޒަކީ ހުރިހާ ގޮތަކުން ބެލިޔަސް ޝިލްޕާއަށް ވަރަށް ޚާއްޞަ ސީރީޒެކެވެ. ސަބަބަކީ މިއީ ޝިލްޕާ ޝެޓީ އޯޓީޓީ ޕްލެޓްފޯމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އަދިހަމައެހެންމެ ރޯހިތު ޝެޓީއާއެކު ވެސް މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެއެވެ. އަދި މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ އެންމެ ބޮޑު އެއް ކަމަކީ ރޯހިތު މިހާތަނަށް ހަދަމުން އައި ކޮޕް ޔުނިވާރސްއާ ގުޅުނު ފުރަތަމަ އަންހެއް އެކްޓަރު ނުވަތަ އަންހެން 'ކޮޕް'ގެ މަޤާމު ވެސް ޝިލްޕާއަށް މި ސީރީޒުން ލިބިގެން ދިޔުމެވެ. ރޯހިތުގެ ކޮޕް ޔުނިވާސް ފެށި "ސިންގަމް"އަށްފަހު އެ ފިލްމު ފްރެންޗައިޒަކަށް ވެ ފުޅާވަމުން ގޮސް މިހާރު ވަނީ ޖުމްލަ 4 ފިލްމެއް އުފައްދައިފައެވެ. އެއީ "ސިންގަމް" އާއި "ސިންގަމް ރިޓާންސް" އަދި "ސިމްބާ"ގެ އިތުރުން "ސޫރްޔަވަންޝީ"އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ސީރީޒްގެ ފުރަތަމަ ސީޒަންގައި 08 އެޕިސޯޑް އިންނާނެއެވެ. އެޕިސޯޑެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 45 މިނެޓު އިންނާނެ ކަމަށް ލަފާކުރެވެއެވެ. "އިންޑިއަން ޕޮލިސް ފޯސް" ދައްކަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް ޝިލްޕާގެ ޕޯސްޓުގައި ބުނެފައިވަނީ އަވަސް މުސްތަޤްބަލެއްގައި ސީރީޒް ދައްކަން ފަށާނެ ކަމަށެވެ. ސީރީޒްގެ މައިގަނޑު ރޯލުތަކުން ޝިލްޕާއާއި ސިދާތުގެ އިތުރުން ވިވޭކް އޮބެރޯއީ ވެސް ފެނިގެންދާނެއެވެ.
ރޯހިތު އެންމެ ފަހުން ޑައިރެކްޓްކުރީ ރަންވީރް ސިންގގެ ޑަބަލް ރޯލު ފެނިގެންދާ ފިލްމު "ސާކަސް"އެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި ދެން އެންމެ އަވަހަށް ރޯހިތު ނިންމާނީ އަޖޭ ދޭވްގަންއާއެކު "ސިންގަމް އަގެއިން"އެވެ.
