އެކި ފަރާތަކުން ދަނީ ކުރީގެ ދިވެހި ލަވަތަކުގެ ތަފާތު ވާރޝަންތައް ނެރެމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ޝަހީދު ލެގަސީގެ ވެރިޔާ ޝަހީދެވެ. އޭނާ އާންމުކޮށް ހަދާއުޅެނީ ކުރީގެ ދިވެހި ލަވަތަކުގެ ރޮކް މެޓަލް ވާރޝަންއެވެ. އޭނާ ހަދާފައިވާ ރޮކް މެޓަލް ވާރޝަންތަކަކީ ދިވެހި ޒުވާނުންގެ ހިތްތަކުން ޖާގަ ހޯދަމުންދާ ތަފާތު އަދި ފުރިހަމަ ލަވަތަކެކެވެ. 

މިފަހަރު ޝަހީދު ބެލުންތެރިންނަށް ގެނެސްދީފައި ވަނީ "އަމަރް އަކްބަރް އެންޓޯނީ" ގެ ދިވެހި ލަވަ ކަމުގައި ވާ "ޗައްޕޫ، ޗިއްޕޫ އޭ ޗުއްޕޫ" ގެ މެޓަލް ވާރޝަން އެވެ. މި ވާރޝަން އަކީ ދިވެހި ޒުވާނުން ގެ ބަހުން ބުނާނަމަ "ހަބޭސް" ވާރޝަން އެކެވެ. މިވާރޝަންއިން ވަނީ ދިވެހި ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދައިފައިއެވެ. "ރޫޅާ އިރާ ކުދި ކޮށް ލާފައި"އެވެ. މި ކަވާރ އިން އެކަނި ވެސް ޝަހީދު ގެ ހުނަރު ވެރިކަމާއި ގާބިލް ކަން ފާހަގަ ވެގެން ގޮސް ފައިވެއެވެ. 

 ޝަހީދު އޭނާ ގެ ކަވާރ ގައި ބޭނުން ކުރަނީ އޮރިޖިނަލް ލަވައިގެ ވޯކަލް އެވެ. އޭނާ މިހާތަނަށް ވަނީ 2 އިންސްޓްރޫމަންޓަލް ދިވެހި ކަވަރ އަލްބަމް ނެރެފައިވެއެވެ. 

ޝަހީދު ވިދާޅުވި ގޮތުގައި ”ގިނައިން މި ރިކްރިއޭޓްކުރަނީ ދިވެހިންގެ މެދުގައި މަޤްބޫލު ޓީވީ ސީރީޒްތަކުގެ ތީމް ލަވަތަކާއި ކޮމެޑީ ލަވަތައް. އެގޮތުން ’އީދޭ މީ އާދޭ ދޯ ކައިލަން ވާނޭ‘ އީދު ލަވައަށާއި ’ދިރިއުޅުމަކީ މީބާ؟’ގެ ތީމް ވެސް ހަދައިފިން."

ކުރީ ގެ މަޝަހޫރު ކޮމެޑީ ލަވަ އެއްކަމުގައިވާ "ދިރުމާމަރާ ގުޅާލައި" އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ވަމުން އަންނަ ތުރުކީ ސީރީޒް "އާރުތުގުރުލް" ގެ ތީމް ލަވައިގެ ރޮކް ވާރޝަން ޝަހީދު ހަދާފައިވެއެވެ.