މިއީ އާންމުކޮށް ތައްޔާރުކޮށް އުޅޭ ވައްތަރުގެ ސެލެޑަކަށް ނުވެދާނެ، މި ފަސޭހަ ރެސިޕީއަކީ ތިބާގެ ދެން އޮންނަ ޕާޓީ ނުވަތަ ސަމަރ ބާބަކިއު ޕާޓީގައި ހިޓް ރެސިޕީއަކަށް ވާނެއެވެ! ކޮށާފައި ހުންނަ ސްނިކަރސް ކެންޑީ ބާރސް، ކްރީމީ ވެނީލާ ޕުޑިންގް އަދި ވިޕް ކްރީމް އަދި ގްރޭނީ ސްމިތު ފެހި އާފަލު، މި ރެސިޕީ އަކީ ފަސޭހަ، ކްރީމީ، ފޮނި އަދި ހަށިގަނޑަށް ފައިދާހުރި ސެލެޑެކެވެ.
މިިއީ ކްރީމީ ވެނީލާ ވިޕްޑް ޓޮޕިންގް އެއް ޖަހާފައި ހުންނަ ކެރެމަލް އެޕަލް ޑެސަރޓެއް ފަދަ އެއްޗެކެވެ. އަދި އިތުރަށް ފުރިހަމަކޮށްލަން ކެރެމަލް ސޯސް ވެސް މައްޗަށް އެޅިދާނެއެވެ.
މި ރެސިޕީއަށް ބޭނުންވާ އާފަލު ކުރިން ކޮށާފައި ބަހައްޓާނަމަ އާފަލުގެ ކުލައަށް ބަދަލު އަތުވެދާނެތީ ބްރައުން ނުވާނެހެން ލުނބޯ ހުތް ކޮޅެއް ޖެހުމަށްފަހު އާފަލު ކޮޅު އެއްކޮށްލާފައި ބަހައްޓާށެވެ. މި ރެސިޕީއަކީ ބޭބީ ޝަވަރ ބްރައިޑަލް ޝަވަރ، ޕިކްނިކް، ބާބަކިއު އަދި އޮފީސް ޕާޓީތަކަށް ވެސް ފުރިހަމަ ރެސިޕީއެކެވެ.
މި ރެސްިޕީއަށް ބޭނުންވާނީ؛
3 އައުންސް ވެނީލާ ޕުޑިންގ މިކްސް
1 އައުންސް ފުލްކްރީމް ކިރު
8 އައުންސް ވިޕްކްރީމް
6 ފެހި އާފަލު
6 ސްނިކަރސް ޗޮކްލެޓް ކުދިކޮށް ކޮށާފަ
ތައްޔާރު ކުރާނެގޮތް:
ވެނީލާ ޕުޑިންގް އާއި ކިރު އެއްކޮށް ވިސްކް ކޮށްލުމަށްފަހު ފަސް މިނެޓް ވަންދެން ބެހެއްޓުމަށްފަހު ވިޕްކްރީމް އާއި އެއްކޮށްލާށެވެ.
ވެނިލާ ޕުޑިންގ މިކްސް ޕެކްޓް ގެ ބަދަކުގައި ރެޑީ މޭޑް ކޮށް ތައްޔާރުކޮށްފަ ހުންނަ ވެނީލާ ޕުޑިންގ ތަށިވެސް ބޭނުން ކުރެވިދާނެއެވެ.
ވިޕްކްރީމް ކޮޅު ތެރެއަށް ކޮށާފައިވާ އާފަލް ކޮޅު އަދި ސްނިކަރސް ބާރސް އަޅާލުމަށްފަހު ކާން ވަންދެން ފްރިޖުގައި ބަހައްޓާށެވެ.
