އެޕަލް ވޮޗް ރަސްމީކޮށް ރާޅުތަކުގެ ތެރެއަށް ވަންނަނީ އެވެ. ވޯލްޑް ސާފް ލީގުން އިއުލާން ކުރި ގޮތުގައި އެޕަލް ވޮޗް ސީރީޒް 8 އަދި އަލްޓްރާ އަކީ މުބާރާތްތަކުގެ ތެރޭގައި ރާޅާއެޅުންތެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރަސްމީ ކޮށް ބޭނުންކުރަން ވަނީ ނިންމާފައެވެ. މިއީ ޕްރޮފެޝަނަލް ސްޕޯޓްސް ލީގަކުން އެޕަލް ވޮޗްގެ އޮފިޝަލް ވެއާބަލް އޮފް ޗޮއިސްގެ ގޮތުގައި ނަން ދީފައިވާ ފުރަތަމަ ފަހަރެވެ.

ކޮންމެ ހީޓެއްގެ ކުރިން ކޮންމެ އެތުލީޓަކަށް ވެސް ސީރީޒް 8 އާއި އަލްޓްރާ ގަޑި ޕްރީލޯޑްކޮށްފައި ހުންނަނީ ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޑަބްލިއުއެސްއެލް ސަރފަރ އެޕަކާއިއެކުއެވެ. މި އެޕްގެ ސަބަބުން ލީގުގެ ސްކޯރިން ސިސްޓަމާ ރިއަލް ޓައިމްގައި ގުޅި، ރާޅާއެޅުންތެރިންނަށް ސްކޯތަކާއި، ރާޅު އިސްކަންދިނުމާއި، ހީޓްގައި ބާކީ އޮތް ވަގުތުގެ އަޕްޑޭޓްތައް ލިބިގެންދާނެ އެވެ. އަދި ކުރިއަށް ދިއުމަށް ނުވަތަ ލީޑު ނަގަން ޖެހޭނީ ކިތައް ޕޮއިންޓްތޯ ވެސް ބެލޭނެ އެވެ. ބޭނުމަކީ ހާއްސަކޮށް ރާޅާއެޅުމުގެ ދަތި ހާލަތްތަކުގައި ކޮންމެ ރާޅެއް ރަނގަޅަށް ޕްލޭންކޮށް ފޯކަސް ކުރުމަށް އެހީތެރިވުމެވެ.

"ވައިގެ އަޑުގަދަވުމާއި ރާޅުތަކުގެ އަޑުން ބައެއް ފަހަރު ވާދަކުރާއިރު އެނައުންސަރުންގެ އަޑު އިވުން ދަތިވެދާނެތީ، އަދި އޭގެ މާނައަކީ މުހިންމު މައުލޫމާތުތަކެއް ގެއްލިގެންދާނެ،" ޑަބްލިއުއެސްއެލްގެ ޗެމްޕިއަން އަދި އޮލިމްޕިކް ރަން މެޑަލް ހޯދި އިޓަލޯ ފެރެއިރާ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޑަބްލިއުއެސްއެލް އިން އެޕަލް ވޮޗް ރަސްމީކޮށް ތައާރަފް ކުރުމަށް ޝައުގުވެރިވާ ކަމަކީ އެއީ ޕާފޯމަންސް އާއި ގުޅުން ހުރި ކަމެއް ނޫން ކަމުގައި ވަނީ ބުނެފައެވެ.— އެއީ އެޕަލް ވޮޗްގެ ސެލްއުލަރ ކެޕޭސިޓީތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި އެތުލީޓުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ވަސީލަތެކެވެ.

ޑަބްލިއުއެސްއެލް އިން އެޕަލް ވޮޗް ރަސްމީކޮށް ތައާރަފް ކުރުމުން ޝައުގުވެރިވާ ކަމަކީ އެއީ ޕާފޯމަންސް އާއި ގުޅުން ހުރި ކަމެއް ނޫން ކަމެވެ. އެއީ އެޕަލް ވޮޗްގެ ސެލްއުލަރ ކެޕޭސިޓީތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި އެތުލީޓުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަން ވަނީ ބުނެފައެވެ.