އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ކަޕިލް ޝަރްމާ ފުރަތަމަ ފަހަރަށް އޭނާގެ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.. ހުކުރު ދުވަހުގެ ހަވީރު އިންސްޓަގްރާމްގައި ކަޕިލް ވަނީ ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާއާ އެކު ލަވައެއް ގެނެސްދޭކަން އިއުލާން ކުރާ ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އަދި އެމީހުންގެ އާ ލަވައިގެ ޕޯސްޓަރެއް ވެސް ހިއްސާކުރި އެވެ

 

 9 ފެބްރުއަރީ 2023 ވަނަ ދުވަހު ރިލީސް ކުރާ ލަވައަށް ކިއަނީ އެލޯން އެވެ. މިލަވައިގެ ޕޯސްޓަރގައި ކަޕިލް އަދި ގުރޫވެސް ފެނިގެންދެއެވެ.

 

މިޕޯސްޓްއަށް ގިނަ ބަޔަކު ލައިކް ދީ ކޮމެންޓުކޮށްފައި ވާއިރު. މައްޝޫރު ލަވަކިއުންތެރިޔާ މީކާ ސިންގ ގެ ކޮމެންޓްގައި 2 ރޮކްސްޓަރ އެއް ފްރޭމްއަކުން ފެނިގެންދާނެ ކަމަށް ބުނެފައިވާއިރު ރެޕަރ ބާދްޝާ އަދި ރާގަވް ވެސް ތައުރީފް ގެ ކޮމެންްޓް ކޮށްފައިވެއެވެ.

 

ދާދި ފަހުން ގުރޫ ރަންދަވާ ވަނީ ޝެހެނާޒް ގިލް އާއި ގުޅިގެން މޫން ރައިސް ކިއާލަވައެއް ގެނެސްދީފަ އެވެ. މިދިޔަ އަހަރު ނެރުނު ލަވައިގެ އޯޑިއޯ ވާޝަނަށް އަޑުއަހާ މީހުންގެ ފަރާތުން ވަނީ އިންތިހާއަށް ލޯބި ލިބިފައެވެ. މި މިއުޒިކް ވީޑިއޯ ވަނީ މި މަހުގެ ކުރީކޮޅު ދައްކާލާފައެވެ. ގުރޫ ރަންދަވާ އެކްޓިންގެ ދާއިރާއިން ފުރަތަމަ ފަހަރަށް ފެނިގެންދާނީ އެކްޓަރު އަނޫޕަމް ޚޭރް އާއި އެކު ކުރިއަށް އޮތް ކޮމެޑީ ފިލްމެއް ކަމަށްވާ ކުޗް ކައްޓާ ހޯ ޖޭ އިންނެވެ.

 

މީގެ އިތުރުން ކަޕިލްގެ ކުރިއަށް އޮތް ފިލްމު "ޒްވިގަޓޯ" އިންޑިއާގެ ސިނަމާތަކުގައި އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ދައްކަންވަނީ ހަމަޖެހިފައެވެ.