މ.އަތޮޅު ކޮޅުފުށީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިންމާލައިފި ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ބުނެފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސިސީ އާ މިމަސައްކަތް ޙަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުންވަނީ 9.22 މިލިޔަން ރުފިޔާ ޚަރަދުކޮށްފަ އެވެ.
މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 5575 އަކަމީޓަރުގެ މޫދަށް އެރޭ ސަރަޙައްދު ފުންކޮށްފައެވެ. އަދި 4108 އަކަމީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަޙައްދެއް ފުންކޮށް 518 މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. މީގެއިތުރުން 202 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮއްޓެއްވެސް އެރަށުގައިވަނީ ޤާއިމުކޮށްފައެވެ.
ކޮޅުފުއްޓަކީ އާބާދީގައި 4600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.