ޑީޕް ފްރައި ނުވަތަ ތެލަށް އެޅުމަކީ ރަހަމީރު ނަމަވެސް ގެއްލުން ބޮޑު ކަމެކެވެ. ސަބަބަކީ ތެލުލިކާނާ އަކީ ސިއްހަތަށް މާކަ ރަނަގަޅު އެއްޗެއް ނޫނެވެ. ތެލުލުމަކީ ގޭތެރޭގައި ވަސްހިފާ ކަމަކެވެ. އޭގެއިތުރުން ނުރައްކާތެރި ހަރަދުބޮޑު ކަމެކެވެ.
އެއްޗެއް ތެލުލުމަށް މަދުވެގެން ބައިލީޓާރެއްހާ ތެޔޮ ބޭނުން ކުރަން ޖެހޭ އިރު- އަދި އެއީ އޮލިވް އޮއިލް ނަމަ، އިތުރަށް ހަރަދު ބޮޑުވެއެވެ. ތެޔޮގަނޑު އުކާލުމަކީ އިސްރާފު ކުރުން ކަމަށް ގިނަ ބަޔަކަށް ޤަބޫލް ކުރެވޭތީ އަޅުގަނޑުމެން މަސައްކަތް ކުރަނީ އެއްޗެހި އިސްރާފު ނުކުރުމަށެވެ، އެހެން ކަމުން ތެޔޮ ވެސް މިކަމުން އިސްތިސްނާއެއް ނުވެއެވެ.އެހެން ކަމުން ތެޔޮގަނޑު އުކާނުލާ ފަހުން ބޭނުންކުރަން ބަހައްޓަނީ އެވެ. ނަމަވެސް މިގޮތަށް އެއްތެޔޮގަނޑެއް ބޭނުންކުރެވެނީ ކިތައް ފަހަރު ކަން އެގޭތޯ ? އަދި މިކަމުން ލިބޭ ގެއްލުން އެނގޭތޯއެވެ.
އާދެ، ތެޔޮ އަލުން ބޭނުން ކުރެވިދާނެއެވެ. އެކަމަކު ތެޔޮ ރީސައިކަލް ކުރުމަށް ސަމާލްވާން ޖެހޭ މަދު އުސޫލުތަކެއް އެބަހުއްޓެވެ.
އެއްޗެއް ތެލުލަން ބޭނުންކުރުމަށްރަނގަޅު ތެޔޮ ހޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ތެލެއްގައިވެސް ވަކި ހޫނުމިނެއް ހުރެއެވެ.އެއީ ތެޔޮގަނޑު ރަނގަޅަށް ހޫނުވެ ރަނގަޅަށް، ތެލުލުމަށް އެންމެ ގަދަ ހޫނުމިން އުފެދޭ ވަރަށް ތެޔޮގަނޑު ހޫނުކޮށްލުމެވެ. އެހެން ކަމުން ތެލުލުމަށް ރަނގަޅު ހޫނުމިނަކަށް ވާސިލްވާ ފަދަ ތެލެއްް އިޚްތިޔާރް ކުރާށެވެ. އޭގެ ތެރޭގައި ކެނޯލާ، ޕީނަޓް، ނުވަތަ ތަރުކާރީ ތެޔޮ ހިމެނެއެވެ. ތެލުލުމަށް ޒައިތޫނި ތެޔޮ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.ސަބަބަކީ އޭގެ އަގު ބޮޑުވުމާއި، ހޫނުމިން އިތުރު ކުރާ މިންވަރު މަދުވުމާއި، ރަހަ ރަނގަޅު ނުވުމެވެ.
ފުރަތަމަ ތެލުލުމަށް ފަހު (އަދި އޭގެ ފަހުން ބޭނުންކުރާ ކޮންމެ ފަހަރަކު) ތެޔޮގަނޑު ރަގަޅަށް ފުރާނަން ޖެހެއެވެ. އެއްވެސް ބޭކާރު މާއްދާއެއް ނުވަތަ ބޭނުން ނުވާ އިތުރު އެއްޗެއް (ލޫސް ކްރަމްބްސް ނުވަތަ ބެޓަރ ބިޓްސް ފަދަ) ތެލުގައިވާނަމަ ތެލުގެ ރަހަ ސަކަރާތްވެ ތެޔޮގަނޑު ހަލާކުވެ އަދި ދެން ހޫނު ކުރާއިރު އެތަކެތި އަނދާނެ އެވެ.
އެ ނުބައި އެތިކޮޅުތައް ހޯދައި ފިލްޓަރ ކުރުމުގައި ސަމާލު ވާށެވެ.އެންމެ ކުދިކުދި އެތިކޮޅުތައް ފުރޭނުމަށް ދަގަނޑު ފުރޭނީގައި ތުނި ފޮތި ގަނޑެއް ލާފަ ފުރާނާލާށެވެ. ތެޔޮ ހިހޫވުމުން، ދެން ވައި ނުވަންނަ ކޮންޓެއިނަރެއްގައި ފްރިޖުގައި ރައްކާކުރާށެވެ.
ކޮންމެ ފަހަރަކު ތެޔޮ އަލުން ބޭނުންކުރާއިރު، އެ ތެޔޮ ދުވަހެއް ދުވަހަކަށް ބޭނުން ނުކުރެވޭ ވަރު ވެގެން ދެއެވެ. ތެޔޮ ގިނައިން ބޭނުންކޮށް ހަލާކުވާން ފެށުމުން ތެޔޮ ހުންނަގޮތް ވަރަށް ތަފާތެވެ. ސައިންސްވެރިޔާ އަދި ވަޓް އައިންސްޓައިން ޓޯލްޑް ހިސް ކޫކް ލިޔުއްވާފައިވާ ރޮބަޓް ވޯލްކޭ ލިޔުއްވާފައިވަނީ، “ހޫނު ތެޔޮތައް ޕޮލިމަރައިޒް ވާން ފެށުމުން އެތަކެތީގެ މޮލިކިއުލްތައް ގުޅިގެން މާ ބޮޑެތި މޮލިކިއުލްތަކަކަށް ވެގެން ތެޔޮގަނޑު އޮލަވެ ތަތް ކޮންސިސްޓެންސީއެއް ލިބި، ކަޅުކުލައެއް ލިބިގެންދެއެވެ.
ރީސައިކަލް ކޮށްފައިވާ ތެޔޮ ނުސާފު ގޮތުގައި ފެންނަނަމަ ނުވަތަ މަތީގައި ފޯމް އުފެދިފައިވާނަމަ، މިއީ އެ ތެޔޮގަނޑު އުކާލަންވީ ވަގުތެވެ. ނުބައި އޮއިލް ލޮލުން ބެލުމުން ނޭގޭނަމަ ވަސްބަލާފައި ނުބައި ނުވަތަ ހުންނަން ނުޖެހޭ ވަހެއް ހުންނަނަމަ ތެޔޮ ގަނޑު އުކާލާށެވެ.
ގިނަފަހަރު ބޭނުންކޮށްފައިވާ ތެޔޮ ބޭނުންކުރުމުން ހިތާއި ގުޅުންހުރި ބަލިތަކާއި، ޑިމެންޝިއާ، އަލްޒައިމާ، އަދި ޕާކިންސަން ބަލި ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިކުރުވާ އަލްޑީހައިޑްސް ކިއާ ވިހަ ކެމިކަލްއެއް ތެލުގައި އުފެދެއެވެ.
ހަމައެފަދައިން ތެޔޮ ގިނައިން ހޫނުކުރުމުން ދޫކުރާ އަނެއް ވިހަ މާއްދާއަކީ ވިހަ އަދި ހަށިގަނޑުގެ ޑީއެންއޭ، އާރްއެންއޭ އަދި ޕްރޮޓީންތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ 4-ހައިޑްރޮކްސީ-ޓްރާންސް-2-ނޮމިނަލް (އެޗްއެންއީ) އެވެ.
ގަދަ ހޫނުގައި ތެޔޮ ކައްކާއިރު ބައެއް ފެޓްތައް ޓްރާންސް ފެޓްތަކަށް ބަދަލުވެއެވެ. އަދި ދުންތަގައްޔަރުވެ ކުލަބަދަލުވެފައިވާ ތެޔޮ އަލުން ހޫނުކުރުމުން، ސިއްހަތަށް އިންތިހާއަށް ނުރަނގަޅު ޓްރާންސް ފެޓްސް ގިނަ އަދަދަކަށް އުފެދެއެވެ. މިގޮތަށް އާދަވެ ގިނަ ދުވަހު ތެޔޮ ބޭނުންކުރުމުން ސްޓްރޯކް، ފަލަވުން، މޭގައި ރިހުން، ބަނޑުގައި ރިއްސުން ހަޖަމު ނުވުން އަދި ހިތުގެ ބަލިތައް ފަދަ ސިއްހީ އުދަނގޫތަކާ ގާތަށް ދަމައިގަންނަނީ ޓްރާންސް ފެޓްސް ގިނައިން ބޭނުންކުރުމުން ހަށިގަނޑުގައި އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު އިތުރުވާތީ އެވެ.
ކެއްކުމަށް ބޭނުންކުރާ ތެޔޮ އަލުން ބޭނުންކުރުމުން ރެންސިޑިޓީގެ ނަމުން މަޝްހޫރު ވިހަ އުފައްދާ ހާލަތެއް ކުރިމަތިވެއެވެ. ކުޑަކޮށް ވައިގެތެތްކަން، ނުވަތަ އަލިކަމަށް ހުށަހެޅުމަށްފަހު، ތެޔޮތައް ފުރިހަމަ ނުވާ ނުވަތަ ފުރިހަމައަށް އޮކްސިޑޭަޓް ވެއެވެ، މި ޕްރޮސެސްއަށް ކިޔަނީ ރެންސިޑިޓީ އެވެ. ހޫނުކުރެވޭ ކޮންމެ ފަހަރަކު ތެލުގެ ޕާރޓިކަލްތައް ބަދަލުވެ، ތެލާއި އޭގައި ކައްކާފައިވާ ކާނާގައި ނުބައި ރަހައާއި ވަހެއް ހަރުލައެވެ. މިފަދަ ތެލާއި ކާނާ ބޭނުންކުރުމަކީ އެސިޑިޓީ ޖެހުމާއި، މޭ އެންދުން ނުވަތަ މެޔަށް ހޫނު އެއެރުވުމާއި ކަރުތެރޭގެ މައްސަލަތަކާއި އަދި އެތައް ކަމެއްގެ ނުރައްކާ އިތުރުވާ ކަމެކެވެ.
ކާސިނޯޖެން އަކީ ހަށިގަނޑުގައި ކެންސަރު އުފެދުމާއި ގުޅިފައިވާ މާއްދާއެކެވެ. ކެއްކުމަށް ބޭނުންކުރާ ތެޔޮ އަލުން ހޫނުކުރުމުން އޭގައި ހުންނަ ޕޮލިސައިކްލިކް އެރޮމެޓިކް ހައިޑްރޯކާބަން (ޕީއޭއެޗް) އާއި އެލްޑީހައިޑްސް ފަދަ ގެއްލުން ހުރި މާއްދާތައް އިތުރުވެ، ހަށިގަނޑުގައި ކެންސަރުގެ ނުރައްކާ ބޮޑުވެ އެވެ. ރަނގަޅަށް ފަރުވާ ނުދީފިނަމަ މިއީ ދިފާޢީ ބާރު ދަށްވެ، ތަފާތު ބަލިތަކާއި އިންފެކްޝަންތައް ކުރިމަތި ކުރުވާ ކަމެކެވެ.
ރާއްޖޭގައި ގިނަމީހުން ހޮޓަލާއި ރެސްޓޯރެންޓް ތަކުން ހެދިކާ ޕާޕަރު އަދި އެހެނިހެން ތެލުލި ކާތަކެތި ގިނައަދަދަކަށް ބޭނުންކުރެެއެވެ. އަދި މިފަދަ ބައެއް ހޮޓާތަކާ ރެސްޓޯރަން ތަކުން ތެޔޮގަނޑު ގިނަދުވަސް ވަންދެން ބޭނުންކޮށްފައި ހުންނަކަން ފާހަގަ ކުރެއެވެ.
ކޮންމެ ބޭފުޅަކުވެސް ދުޅަހެޔޮ ސިއްހަތަަކަށް ލޯބިކުރާނެއެވެ. އެހެންކަމުން ރައްކާތެރި ވުމުގެ ގޮތުން ތެޔޮގަނޑު ގިނަފަހަރު ބޭނުން ނުކޮށް އުކާލާށެވެ.
