ޗޮކްލެޓް ކުންފުނި ފެރެރޯ އިން ވަނީ އެ ކުންފުނީގެ ހެޒެލްނަޓް ކޮކޯ ސްޕްރެޑް ބްރޭންޑް ނިއުޓެލާގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމަށް ރަންވީރު ސިންގް އައްޔަންކޮށްފައެވެ. ރަންވީރް ސިންގް ޑިޖިޓަލް އަދި އޮފްލައިން މީޑިއާގައި ނިއުޓެލާ ބްރޭންޑް ޕްރޮމޯޓް ކުރުމުގެ އިތުރުން ބްރޭންޑްގެ ކެމްޕޭންތަކުގައި ވެސް ބައިވެރިވާނެ ކަމަށް ފެރެރޯ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފެރެރޯ ގްރޫޕުން އިންޑިއާގައި ވިއްކަނީ ކިންޑަރ، ނިއުޓެލާ، ފެރެރޯ ރޮޗާ އަދި ޓިކް ޓެކް ފަދަ ބްރޭންޑްތަކެވެ. ފެރެރޯ ގްރޫޕަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފޮނި ޕެކޭޖް ކާބޯތަކެތީގެ ކުންފުންޏެވެ، 170 އަށް ވުރެ ގިނަ ގައުމުގައި 35 އަށް ވުރެ ގިނަ ބްރޭންޑް މިކުންފުނިން ވިއްކައެވެ..
“އިންޑިއާ މާކެޓަށް އަޅުގަނޑުމެންގެ ބްރޭންޑް އެންޑޯސަރެއްގެ ގޮތުގައި ރަންވީރު ސިންގް އޮންބޯޑް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އޭނާގެ ޝަޚުޞިއްޔަތަކީ ބްރޭންޑްގެ އީތޯސް އާއި މުޅިން އެއްގޮތް ހަކަތައެއް ކަމަށް ފާހަގަކުރެވޭ. މިކަމާއި، ނިއުޓެލާއަށް އޭނާ އޮންނަ ލޯތްބާ ގުޅިގެން މިކަން އަޅުގަނޑުމެންނަށް އިތުރަށް ފާހަގަކޮށްލެވެއެވެ. އެކްޓަރުންގެ ކަނެނެކްޝަން ގެ ސަބަބުން އަހަރެމެންގެ ކޮންސިއުމަރުންނާ އެކު، އަހަރެމެންނަށް ނިއުޓެލާއާ އެކު ވަރަށް ފޯރިގަދަ އެންގޭޖްމަންޓްތަކެއް ރޭވިފައި އެބަހުރި،" ފެރެރޯ އިންޑިއާގެ ނިއުޓެލާ ބްރޭންޑްސްގެ މާކެޓިން ހެޑް ޒޯހެރް ކަޕުސްވާލާ ބުންޏެވެ.
އެގޮތުން، މިއަދު ބޭއްވޭ ވޯލްޑް ނިއުޓެލާ ޑޭގެ ހާއްސަ ކެމްޕޭންގައި ރަންވީރް ސިންގ ބައިވެރިވާނެކަން އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.
ނިއުޓެލާއަކީ ރާއްޖޭގައިވެސް ކުޑަކުދިން އަދި ޒުވާނުން ހިމެނޭހެން ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބްރޭންޑެކެވެ.
