ހެއްވާ މަޖާ ތަފާތު އެތައް ވީޑިއޯތަކެއް ހަދައިގެން، ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ނާޒިރު ޝިހާމް، ޢާއްމު ނަމުން ނަމަ (ކާއްޓޭ ޑި ވާންޗޯ) ފުރަތަމަ ފަހަރަށް އުފައްދާ ފިލްމު "ވަނާޖްބޭސާ"ގެ ޓީޒަރ ދައްކާލައިފިއެވެ. 

ފަހަކަށް އައިސް އެތައް ވިޑިއޯ އިޝްތިހާރެއް ވެސް ކުޅެމުން އަންނަ ކާއްޓޭގެ ވީޑިއޯތަކުގައި އޭނާއާއެކު ޙަރަކާތްތެރިވާ ޙުސައިން ޝާދު (މަޓޭ) ވެސް ފެނިގެންދާ މިފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ފިލްމުގެ ޑައިރެކްޓަރަކީ ފިލްމީ ދާއިރާގައި ކޮންމެވެސް ވަރަކަށް ޙަރަކާތްތެރިވަމުންދާ ވިޝާލް ޒަކީއެވެ. 

ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް މިއަހަރުގެ ތެރޭގައި އޮލިމްޕަހަށް ގެންނަން ދަނީ ތައްޔާރުވަމުންނެވެ. ފިލްމުގެ ބައެއް ކާސްޓުންގެ ތެރޭގައި ދިވެހި ފިލްމު "ހާދަރު"ގެ ވިލަންގެ ރޯލު ކުޅުނު ސަޢީދާއި ޝިރާނީއާއި ޝަކީބްގެ އިތުރުން ޖަލްވާން އަދި ރިމްޝާ ހިމެނެއެވެ.