ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންމެ ދުވަހަކަށް ހާއްސަކޮށްގެން ސޭލްއެއް ބޭއްވުމަށް ނިންމައިފި އެވެ.
މިއީ ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ ރަމަޟާން ބާޒާރުގެ ދަށުން މިއަދު ބާއްވާ ސޭލްއެކެވެ.
މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް މި ސޭލް ކުރިއަށްދާނީ އާޓިފިޝަލް ބީޗުގައި ކަމަށާއި މި ސޭލުން ގެއާއި ބަދިގޭގައި ބޭނުންކުރާ އެއްޗެހިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބުނެއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް މަޖާ ގޭމުތަކާއި ފްރީ ޓޭސްޓިންގ ކުރިއަށްދާނެ ކަމަށް ވެސް ބުނެއެވެ.
އެސްޓީއޯއިން ކުރިއަށްގެންދާ ރަމަޟާން ބާޒާރު މި އަހަރަށް ފެށީ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.
މި ބާޒާރު، އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުގައި މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ބާޒާރުގެ ބޮޑު އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ.
