މެޓުތައް އުކަނީއެވެ. ދާގަނޑުތައް ވެސް ކަނޑަނީއެވެ. ގަލާ ފުޅިއާ ވެސް އުކަނީއެވެ. ނުވިތާކަށް ދަނޑަށް އަރާ ގަޔަށް ބޮލަށް ނާރާ ފަހަރެއް ނުދެއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ކުޅިވަރު މުބާރާތެއް ކުޅޭ ކަމަށްވާނަމަ ގިނަ ފަހަރަށް މިއީ މި ކުޑަ ގައުމުގެ ހާލަތެވެ. މި ދައްކަނީ ދިވެހި ކުޅިވަރު ދަނޑުތަކާއި، ކޯޓުތަކުގެ ހާލަތުގެ ވާހަކައެވެ.
ދުނިޔޭގެ ތައްޓައް ކުޅެވޭ މުބާރާތެއް ނޫނެވެ. ނޫން ވިއްޔާމު، ބޮޑެތި އަދަދުތަކުން ފައިސާއެއް ލިބޭ މުބާރާތެއެއްވެސް ނުމެ ނޫންމެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިވެހި ގައުމުގައި ކުޅެވޭ މުބާރާތްތައް ފެނިގެންދަނީ، އެޔަށް ވުރެވެސް ފޯރީގައެވެ. ބައެއް ފަހަރު ގާތް ތިމާގެ މީހެއްވެސް ބެލުމެއް ނޯވެއެވެ.
މި ފަދަ މައްސަލަތައް ދިމާވަނީ، ކުޅިވަރުގެ ޖޯޝާއި ފޯރީގައި ކަމަށް ވެސް ހަމަ ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ހުރިހާ އަމަލެއް ޖަޒުބާތާއި ގުޅުވައި ނިންމައިލެވިދާނެތޯއެވެ؟ އެހެން އެކަން ވާނަމަ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާދާރުކަން ކޮބައިބާއެވެ؟ މި ކުޅެވެނީ ކުޅިވަރެއް ކަން ނޭނގި، އަޅުގަނޑުމެންގެ ޅަ ދަރިންނަށް ދައްކައި މި ދެވެނީ ކޮންކަހަލަ މިސާލެއްބާއެވެ؟
ކުޅިވަރު މުބާރާތް ތަކުގެ އެންމެ މުހިއްމު ބޭނުމަކީ، ދުޅަހެޔޮ އަދި ވާދަވެރި މާހައުލެއްގައި، ފަރުދުން ގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރު ކުރުމެވެ. އެހެން ނަމަވެސް، ހިތާމައަކީ، ވާދަވެރިކަން ފަސާދައަށްވެ، އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން މަޑު މަޑުން ވީދި ހަލާކުވަމުން ދިއުމެވެ. ވާނީވެސް އެހެންތާއެވެ. މި ފަދަ ކަން ކަމަށް ގާނޫނާއި ގަވައިދު ހަދަން ތިބޭ މީހުންގެ ހާލު އަދި މިޔަށް ވުރެ ދެރައެވެ.
