ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އިން ބޭރަށް ދިއުމަކީ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް އާންމު ކަމެކެވެ. ސްޓްރެސް ފުލް ނުވަތަ ބިޒީ މަސައްކަތުން ސިކުނޑި ތާޒާ ކޮށްލަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އަލަތު ކައިވެނިކޮށް ހަނީ މޫނަށް ބޭރު ޤައުމަކަށް ދާން ބޭނުންނުވާނީވެސް ކާކު ހެއްޔެވެ؟ މިކަންކަމަށް ވަރަށް ބައިވަރު ރީތި އެތައް މަންޒިލްތަކެއް އެބަހުއްޓެވެ. ނަމަވެސް ވަރަށް ތަފާތު އަދި ދިވެހިންގެ ތެރޭގައި އެހާ މަޝްހޫރު ނޫން މަންޒިލަކަށް ބަލައިލާނަމެވެ. އާދެ! ސްވިޒަލޭންޑެވެ. ސްވިޒަލޭންޑްގެ ފެހިކަން ގަދަ ރީތި ރަށްތަކާއި، ފަރުބަދަތަކާއި ގުދުރަތީ ރީތިކަމަކި ދުނިޔޭގެ އެތައް ބައެއްގެ ލޯތައް ހުއްޓިފައިވާ މަންޒަރުތަކެކެވެ. ފެހި އުސް ފަރުބަދަތަކާއި، ފަހި ވާދީތަކާއި، ވިދާ ކަޅު ފެންގަނޑުތަކާއި، ރީތި "ލޭކްފްރަންޓް ކޮޓެޖްތަކުން" ގައުމަށް ލިބެނީ އެހެން ތަނެއްގައި ނުލިބޭ ފަދަ ޝައުގުވެރިކަމެކެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައްހާސް ފަތުރުވެރިން ސްވިޒަލޭންޑަށް ޒިޔާރަތް ކުރެއެވެ. ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ގުނާ ނުލެވޭ ވަރުގެ ރީތި މަންޒަރުތަކާއެކު، ސްވިޒަލޭންޑަށް ކުރާ ފުރަތަމަ ދަތުރުގައި އެ ހުރިހާ މަންޒިލްތަކަށް ޒިޔާރަތް ކުރަން ވަގުތު ލިބުމަކީ ވެދާނެ ކަމެއް ނޫނެވެ. ސްވިޒަލޭންޑްގެ މޮޅު އާންމު ދަތުރުފަތުރުގެ ވަސީލަތުގައި ކޭބަލް ކާރުތަކާއި ރޭލުތައް ދުއްވާއިރު، އެގައުމުގެ އެންމެ ހައިރާން ކުރުވަނިވި ހިސާބުތަކުގައި ހިނގާފައި ދާއިރު ވެސް ދަތުރު ނުކުރެވޭނެ އެވެ. ސްވިސް ގަޑިތަކެކޭ އެއްފަދައިން ހުރިހާ ރޭލުތަކަކީ ވެސް ގަޑިއަށް ފަރުވާތެރި ރޭލުތަކެއް ކަމުން ރޭލުން ގައުމު ވަށައިގެން ދަތުރު ކޮށްލާކޮށްލުމަކީ ތަފާތު ތަޖުރިބާތަކަކަށް ވާނެ އެވެ.

ހަމަ ޔޫރަޕްގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މި ޤައުމުގައިވެސް ވަކި ޚާއްޞަ ޝައުޤުވެރި ކަންތައްތަކެއް އެބަހުއްޓެވެ. އެތަނުގެ އަޖައިބު ކުރުވަނިވި މޫސުމާއި، ލޮލަށް ފެންނަ ފެހިކަން ގަދަ ޤުދުރަތީ ރީތި މަންޒަރުތަކާއި، އެއައުމުގައި އުފައްދާ މީރު ޗީޒްތަކާއި ޗޮކްލެޓްތަކާއި އަދި އެހެރަ ކުދިކުދި މޮޅެތި ގަޑި ފަދަ އެއްޗެއްސާ ތަންތަނަކީ ސްވިޒަލޭންޑަށް ފަތުރުވެރިން ޝައުގުވެރިވާ ސަބަބުތަކެވެ.

އިސްވެދެންނެވިފަދައިން ދިވެހިންގެ ތެރޭގައި މި ޤައުމުގެ މަޝްހޫރުކަން ކުޑަވެފައިވަނީ ދިވެހިރާއްޖެއާއި ސްވިޒަލޭންޑާ އި ދެމެދު އޮންނަ ދުރުމިން ދުރުކަމާއި ދަތުރުކުރަންޖެހޭ ގޮތުގެ ތަކުލީފު ބޮޑުކަމާއި އަދި ދަތުރުގައި ހޭދަ ކުރަން ޖެހޭ ވަގުތު ގިނަކަމުންނެވެ. އަދި ޓިކެޓާއި ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ޚަރަދު ބޮޑުކަމުންނެވެ.